އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން މިއަދު ފަތުރުވެރިކަމާބެހޭ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން މިއަދު ފަތުރުވެރިކަމާބެހޭ ވަޒީރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އައްޑޫ ދެ ރިސޯޓު އަލުން ހުޅުވޭތޯ އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީސް މެންބަރުން ވަރަށް ގުޅުއްވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓް އަލުން ހުޅުވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ދައުރުބޮޑު ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެފައިވާކަމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ބުނެފައިވާތީ އެކަން "ރަސް އޮންލައިނުން" ރިޕޯޓް ކުރުމުން އެއީ އެކަން އެމަނިކުފާނު މާނަކުރެއްވި ގޮތް ނޫންކަމަށް ވިދާޅުވެ މިނިސްޓަރ މައުސޫމް ވަނީ އެ ބަސްފުޅު މާނަކޮށްދެއްވާފައެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، ޝަންގަރިއްލާ އާއި ހެރެތެރެ އަލުން ހުޅުވޭތޯ ސިޓީ ކައުންސިލާއި އެދާއިރާއަށް ނިސްބަތްވާ މަޖިލިސް މެންބަރުން މިނިސްޓަރާ ގުޅުއްވައި އެކަމުގައި މުހިންމު ދައުރެއް އަދާކުރައްވާ ވާހަކަ އޭޑީސީއާ ޙިއްސާކުރަށްވާފައިވާނެ ކަމަށެވެ.



ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސް އަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.

އައްޑޫ ސިޓީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްގީ ކޮށްފައި އޮތް ނަމަވެސް އެ ވައިގެ ބަނދަރުން ލިބެންވާ އެންމެ ފުރިހަމަ މަންފާ އައްޑޫ ސިޓީއަށާއި އެ ސަރަހައްދުގެ އިޤްތިޞާދަށް ނުލިބޭ ކަމުގެ ޝަކުވާ އައްޑޫގެ ގިނަ ރައްޔިތުން އަންނަނީ ކުރަމުންނެވެ. ބައިނަލްއަޤްވާމީ ފްލައިޓް ތަކުގެ ސީދާ ދަތުރުތައް އައްޑޫ ސިޓީ ގަން އެއަރޕޯރޓަށް ނުބޭއްވި އެސަރަހައްދުގެ ފަތުރުވެރިކަން ތަރައްގީ ނުވާނެކަން އެމީހުން އަންނަނީ ފާހަގަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން