ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮރުވައިގެން އޮޅުވާލައިގެން ކުރާ ކަމެއް ނުދެއްކޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މި މޭރުމުން ވާހަކަދެއްކެވީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ވަގަށް ނެގުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާކަމަށް ޕީޕީއެމްގެ ކެމްޕޭން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
އީސީ ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮރުވައިގެން އޮޅުވާލަންވެގެން ކުރާ އެންމެ ކަމެއްވެސް މުއާޒަށް ނުދެއްކެވޭނެ ކަމަށް ޗެލެންޖް ކުރަށްވާ ކަމަށެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ދަނީ ހަމަހަމަ ކަމާއެކު ކެމްޕޭން ކުރުމުގެ ޙައްޤަށް ހުރަސްއަޅައި އިންތިޚާބު ވަގަށް ނެގުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އީސީގެ ފިއްތުންތަކާއެކުވެސް ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމަން ކާމިޔާބު ކުރާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލްގެ އިންތިޚާބު އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު