އެމްޑީޕީން ވަނީ ހޮޅި ވަޢުދުކަން އެންމެންނަށް އެނގޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހިންގި 7000 ފްލެޓް މަޝްރޫއުގެ ފްލެޓްތައް ޙަވާލުކުރުމުގައި ކަން ހިނގާފައިވާގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވަށް އިޝާރާތް ކުރަށްވައި ޣައްސާން ވިދާޅުވީ، ލައިވްކޮށް ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް، ހަޤީގަތް ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ފްލެޓް ކޮމިޓީން ވަނީ ފްލެޓް ދިނުމުގައި އޭރުގެ ހައުސިން މިނިސްޓްރީން ހަދާފައިވާ ބައެއް ގޯސްތައް ކޮމިޓީގައި ޙިއްސާ ކޮށްފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ސޮއިކުރި މަޝްރޫޢު ތަކުގެ ތެރެއިން ނިންމުނު ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް 2 އިންސައްތަ އަށްވެސް ނާރާނެ ކަމަށް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވެފައި ވެއެވެ.
އެކަމާ ގުޅިގެން ގުރައިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރަށްވާ ޣައްސާން ވިދާޅުވީ، ރައީސް ޔާމިންގެ ޚިދުމަތްތަކާއި ފުއްދެވި ވައުދުތައް ހުރީ ފެންނަން ކަމަށާއި، އެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ. އަދި އެމްޑީޕީން ވީ ވައުދުތައް ހަނދާން އެބަހުރި ކަމަށާއި، އޭގެން އެއްވެސް ކަމެއް ހާސިލްވާތަން ނުފެންނާތީ އެއީ ހޮޅި ވައުދުކަން މިއަދު އެންމެންނަށް އެނގޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހައުސިން މިނިސްޓަރ އަސްލަމާއި، ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިންގޮތް މުރާޖަޢާ ކުރުމަށް ޙަވާލުކުރި ކޮމިޓީގެ މެމްބަރުން މިއަދު ވަނީ ޙާޟިރުކޮށްފައެވެ. އަދި އެ ކޮމިޓީ އަޑުއެހުމަށް މަޖިލީހަށް ދިޔަ ޢާއްމުންނަށް ކޮމިޓީއަށް ވަދެވޭގޮތް ނުވުމުން އެފަރާތްތަކުން ވަނީ މަޖިލީސް ސަރަޙައްދުގައި މުޒާހަރާ ކޮށްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އަމާޒުކޮށް ޢިމާރާތްކުރި 7000 ފްލެޓްގެ ޙައްޤުވެރިންގެ ނަންތައް ޢާއްމުކޮށްފައިވާއިރު، ސަރުކާރުން ބުނެފައިވަނީ މި މާރޗް މަހު ފްލެޓް ޙައްޤުވާ ފަރާތްތަކަށް ފްލެޓް ދޫކުރާނެ ކަމަށެވެ. އެ ފްލެޓްތަކަށް 25000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ.

MDP އިން ވީ ވައުދުތައް ހަނދާން އެބަހުރި. އެއްވެސް ކަމެއް ހާސިލްވާތަން ނުފެންނާތީ އެއީ ހޮޅި ވައުދުކަން މިއަދު އެންމެންދަނޭ. ލައިވްކޮށް ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް، ހަޤީގަތެއް ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައީސް ޔާމިންގެ ޚިދުމަތް، ފުއްދެވި ވައުދުތައް މިހިރީ ފެންނަން. pic.twitter.com/bqbH1ikYbG
— Mohamed Ghassan Maumoon (@mgmaumoon) March 4, 2021
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހައުސިން މިނިސްޓަރ އަސްލަމާއި، ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިންގޮތް މުރާޖަޢާ ކުރުމަށް ޙަވާލުކުރި ކޮމިޓީގެ މެމްބަރުން މިއަދު ވަނީ ޙާޟިރުކޮށްފައެވެ. އަދި އެ ކޮމިޓީ އަޑުއެހުމަށް މަޖިލީހަށް ދިޔަ ޢާއްމުންނަށް ކޮމިޓީއަށް ވަދެވޭގޮތް ނުވުމުން އެފަރާތްތަކުން ވަނީ މަޖިލީސް ސަރަޙައްދުގައި މުޒާހަރާ ކޮށްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އަމާޒުކޮށް ޢިމާރާތްކުރި 7000 ފްލެޓްގެ ޙައްޤުވެރިންގެ ނަންތައް ޢާއްމުކޮށްފައިވާއިރު، ސަރުކާރުން ބުނެފައިވަނީ މި މާރޗް މަހު ފްލެޓް ޙައްޤުވާ ފަރާތްތަކަށް ފްލެޓް ދޫކުރާނެ ކަމަށެވެ. އެ ފްލެޓްތަކަށް 25000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއެވެ.
ކިޔުންތެރިންގެ ހިޔާލު