އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ކާގޯ ފެރީގައި މިފަހަރު އައްޑޫ ސިޓީއަށް ގެންދަނީ އަސްތަކެއް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނިން ބުނެފިއެވެ.
އައްޑޫއަށް ގެންދާ އަސްތަކުގެ ފޮޓޯއަކާއެކު އެމްއެސްއެސް އިން ކުރި ޓުވީޓެއްގައި ބުނީ މިއީ އެ ކުންފުނީގެ ބޯޓަކުން އަސްތަކެއް އުފުލާ ފުރަތަމަ ފަހަރު ކަމަށެވެ.
އައްޑޫގައި އަސް ދުއްވުމުގެ ވިޔަފާރިއެއް ފެށުމަށް އެ ސިޓީގެ ޒުވާނަކު ރާއްޖެއަށް ގެންނަ މިއަސްތަކަކީ، މި ފަދަ ވިޔަފާރިއެއް ފެށުމަށް ރާއްޖެއަށް އަސްތަކެއް ގެންނަ ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ކުރިންވެސް ރާއްޖެއަށް އަސްގެނެސްފައިވީ ނަމަވެސް މިއީ ރާއްޖޭގައި އަސް ދުއްވުމުގެ ވިޔަފާރިއެއް ފަށާ ފުރަތަމަ ފަހަރެވެ.

We are excited to bring these lovely horses to Addu, Maldives. A first for MSS to carry live animals. #MaldivesShipping #MSS pic.twitter.com/wrYO7vAE6A
— Maldives State Shipping (MSS) (@stateshippingmv) March 4, 2021
އައްޑޫގައި އަސް ދުއްވުމުގެ ވިޔަފާރިއެއް ފެށުމަށް އެ ސިޓީގެ ޒުވާނަކު ރާއްޖެއަށް ގެންނަ މިއަސްތަކަކީ، މި ފަދަ ވިޔަފާރިއެއް ފެށުމަށް ރާއްޖެއަށް އަސްތަކެއް ގެންނަ ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ކުރިންވެސް ރާއްޖެއަށް އަސްގެނެސްފައިވީ ނަމަވެސް މިއީ ރާއްޖޭގައި އަސް ދުއްވުމުގެ ވިޔަފާރިއެއް ފަށާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު