ސޫތުކުޅި ނުވަތަ ޓުޓިކޮރިންއިން ރާއްޖޭގެ ދެކުނަށް ކާގޯ ފެރީގެ ހިދުމަތް ފަށައި ފުރަތަމަ ބޯޓު ރާއްޖެއަށް ބަނަދަރުކޮށްފިއެވެ.
މިއަދު ރާއްޖެ އައި ފުރަތަމަ ކާގޯ ފެރީ އައްޑޫގެ ސައުތު އިންޓަރނޭޝަނަލް ޕޯޓްގައި ބަނދަރުކޮށްފައިވަނީ މިއަދު ހަވީރު 4:15 ގައެވެ. މިދިޔަ ހޯމަ ދުވަހު އިންޑިއާއިން ފުރައިގެން އައި "އެމްވީ ބޮންތި 2" ސައުތް އިންޓަރނޭޝަނަލް ޕޯޓަށް ވަނުމާއެކު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ ވޯޓަރ ސެލިއުޓެއް އަރުވާފައެވެ.
އިންޑިއާގެ ސޫތުކުޅިއާއި ރާއްޖެ އާއި ދެމެދު ދަތުރުތަށް ފަށާފައި މިވަނީ ރާއްޖެ އަށް ނިސްބަތްވާ އެމްވީ ބޮންތި 2 އިންނެވެ. މިއީ ދިގުމިނުގައި 86 މީޓަރު ހުންނަ މުދާ އުފުލާ ބޯޓެކެވެ. މިބޯޓުގައި 2719 ޓަނުގެ މުދާ އުފުލޭނެއެވެ. މިކާގޯ ފެރީގައި، 2713.34 މެޓްރިކް ޓަނުގެ މުދާ ގެނެސްފައިވާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކުންފުނިން ވަނީ ބުނެފައެވެ. މިއަދު ގެނައިި މުދަލުގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ސާމާނާއި މޭވާ އާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.
އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އައި ފުރަތަަމަ ކާގޯ ފެރީއަށް މަރުޙަބާކިޔުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ އަތޮޅުތަކަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް، ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި، އިންޑިއާގެ ކޮޗިން އާއި ހދ ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް މިހާރު ފަށާފައިވާއިރު މިބޯޓުގެ މަންޒިލްތަކަކީ އައްޑޫ ސިޓީއާއި، ގދ. ގައްދޫ އެވެ.

We are delighted to welcome MV. Bonthi with a water salute as it docks at the harbour of South International Port, Addu City . 😀 This marks the promising beginning of the direct shipping service between Tuticorin and Addu City. @stateshippingmv #HappeningNow pic.twitter.com/UhTh6lBGDd
— STO Plc (@stoplc) December 10, 2020
އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް އައި ފުރަތަަމަ ކާގޯ ފެރީއަށް މަރުޙަބާކިޔުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރުއާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުﷲ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ އަތޮޅުތަކަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް، ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި، އިންޑިއާގެ ކޮޗިން އާއި ހދ ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ފަށާފައެވެ. އަދި ރާއްޖޭގެ އެންމެ ދެކުނަށް ބައިނަލްއަޤުވާމީ ކާގޯ ފެރީގެ ޚިދުމަތް މިހާރު ފަށާފައިވާއިރު މިބޯޓުގެ މަންޒިލްތަކަކީ އައްޑޫ ސިޓީއާއި، ގދ. ގައްދޫ އެވެ.
ކިޔުންތެރިންގެ ހިޔާލު