ރ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އެމްޓީސީސީގެ މަހާޖައްރާފު އެރަށަށް ގެންގޮސްފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީ އަށް ގެނައި "މަހާ ޖައްރާފު" އަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މިބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެއެވެ.
ދުވާފަރު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ 10 ނޮވެމްބަރު 2020 ގަ އެވެ. މިއީ 123.9 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.

ބިންހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި މަހާ ޖައްރާފު މިހާރުވަނީ ރ. ދުވާފަރަށް ގެންގޮސްފައި. ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. #MTCCProjects pic.twitter.com/1STDVC5RMR
— MTCC Plc (@MTCCPlc) March 5, 2021
މި މަސައްކަތް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކުރީ 10 ނޮވެމްބަރު 2020 ގަ އެވެ. މިއީ 123.9 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު