ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދީ ޒަަހަމްކޮށްލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙާދިސާގައި ޒަޚަމްވެފައިވަނީ ފ. ފިލިތެޔޮ ރިސޯޓަށް އައި ފަތުރުވެރިއެކެވެ.

މިއަދު މެންދުރުފަހު ހިނގާދިޔަ މިހާދިސާގައި މިޔަރު ހަމަލާދީފައިވަނީ ފަތުރުވެރިޔާގެ ފަޔަށެވެ. އެގޮތުން ފަތުރުވެރިޔާގެ ފައިގެ ފަލަމަސްގަނޑު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޒަޚަމްވި ފަތުރުވެރިޔާ ފ. ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް ފަތުރުވެރިޔާ މިހާރު ވަނީ މާލެއަށް ފޮނުވާލާފައެވެ

ދާދި ފަހުން މާފުށީގައިވެސް ވަނީ މޫދަށްއެރިއުޅުނު ފަތުރުވެރިޔަކަށް މިޔަރެއް ޙަމަލާދީފައެވެ. ރާއްޖޭގެ އެތެރެވަރީގައި މިޔަރުގެ އާބާދީ އިތުރުވެފައިވާތީ އެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ދަނީ ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން