ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ޑައިރެކްޓް ފްލައިޓުތަކުގައި ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރެފައިވާ އިޢުލާނެއްގައިވަނީ، ދިވެހިރާއްޖެއާއި ރަޝިއާ އާ ދެމެދު 25 ޖޫން 2019 ގައި ސޮއިކޮށްފައިވާ "އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮން މިއުޗުއަލް އެކްސެމްޕްޝަން އޮފް ވިސާ ރިކުއަރމަންޓްސް ފޮރ ނޭޝަނަލްސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ފޮރ ނޭޝަނަލްސް އޮފް ދަ ރަޝިއަން ފެޑެރޭޝަން" އެގްރީމަންޓަށް 25 ޖުލައި 2019 ގައި އަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، ރަޝިއާއަށް ދަތުރުކުރާ ދިވެހިންނަށް (މަސައްކަތް ކުރުމަށާއި ކިޔެވުމަށާއި ދިރިއުޅުން ބަދަލުކުރުން ފިޔަވައި އެހެން ބޭނުންތަކަށް) 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް އެ އިޢުލާނުގައިވެއެވެ.
އެހެންނަމަވެސް، ކޯވީޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަޝިއާ ސަރުކާރުން ވަނީ އެ ޤައުމުގެ ބޯޑަރު ޤަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި ކަމަށް މިނިސްޓަރީން ވަނީ ބުނެފައެވެ. މިގޮތުން މިހާރު ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުގައި ކަމަށް ރަޝިއާ އަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ވީމާ، ރަޝިއާ އަށް ދަތުރުކުރައްވަން ގަސްދުކުރައްވާ ދިވެހިން މިކަމަށް ސަމާލު ވުމަށާއި، މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއިއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު