އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ފުލްޓައިމް ކިޔަވާ ކުދިންނަށްވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ހުޅަނގު ދެކުނު އަންހެނުންނަށް ހާއްސަ ގޮނޑިއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު، އާމިނަތު އިނާޔާ އަކީ ފުލްޓައިމްކޮށް ކޯހެއް ހަދަމުންދާ ދަރިވަރަކަށް ވާތީ އޭނާގެ ކިބައިގައި އިންތިހާބަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެ މައްސަލަ ހައިކޯޓަށް ހުށައެޅުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.

އެ މައްސަލާގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ 2010 ވަނަ އަހަރު ފާސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނު ބުނާގޮތުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކީ ފުލްޓައިމް ދަރިވަރަކަށް ވެގެން ނުވާނެ ކަމަށް ބަޔާން ކޮށްފައި އޮތް ކަމަށެވެ.

"އެކަމަކު 2017 ވަނަ އަހަރު ކުރި އިސްލާޙުގައި އެކަން ވަނީ އުނިކޮށްފައި، ފުލްޓައިމްކޮށް ކިޔަވާ މީހަކަށް ނުވުން އެއީ ޝަރުތެއް ނޫން." ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އިނާޔާގެ ޝަރުތު ހަމަނުވާތީ އެ މައްސަލަ ކޯޓަށް ހުށައަޅަނީ ހެއްކާއެކު ކަމަށެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ތާވަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި އައު ކައުންސިލަރުން ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ދެމިތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.

ކައުންސިލް އިންތިހާބް ބާއްވަން މިހާރު ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އޭޕްރީލްމަހުގެ 10 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން