ކުރިއަށް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ހުރަސް އެޅޭ ގޮތަށް އިދިކޮޅު ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަޙައްދު ބަންދުކޮށްފައިވާތީ އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާ ކުރުމަށް، ނިންމާފައިވާތީ އެ ފުރުސަތު ނުދިނުމަށް ފުލުހުންވަނީ، ބޮޑުތަކުރުފާނު މަގުގައި ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި ޕީޕީއެމް އޮފީހަށް ދެވޭ ހުރިހާ މަގުތަކެއް އާންމުންނަށްވެސް ނުވަދެވޭނެހެން ފުލުހުން ވަނީ ބަންދުކޮށްފައެވެ.
އެކަމާގުޅިގެން އިދިކޮޅު ޕީޕީއެމް އިން އީސީއަށް ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވަނީ، މި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުން އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އަދި އެހެނިހެން ގިނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ އެކަން ހުއްޓުވައި ދިނުމަށެވެ. ޕީޕީއެމް އިން ބުނެފައިވަނީ އެޕާޓީގެ އޮފީހުގައި އިދާރީ މަސައްކަތްކުރާ މުވައްޒަފުން އޮފީހަށް ވަނުމަށްވެސް ފުލުހުން ހުރަސްއަޅާފައިވާ ކަމަށެވެ.
ޕީޕީއެމް އިން ބުނީ، ރީރަޖިސްޓްރޭޝަން ފޯމްތައް ހުށަހެޅުމުގެ މަސައްކަތްތައް ކުރެވެމުން ދިޔައިރުވެސް ސަރުކާރުން ވަނީ ޕާޓީގެ ފަރާތުން ކުރަމުންގެންދިޔަ އިންތިހާބީ މަސައްކަތަތަކަށްވެސް ހުރަސް އަޅާފައި ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ފެށިގެން ޕާޓީ އޮފީސް ދޮރުމަތީ ފުލުހުން ތިބެ، އޮފީހަށް ގޮސް އައިސްއުޅޭ އެންމެންނާއި ސުވާލުކޮށް ބަލާ ފާސްކޮށް، ހައްޔަރު ކުރަމުން ގެންދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އަދި އެކަން އެގޮތަށް ކުރާކަން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި މީޑިއާތަކުން ހާމަކުރަމުން ގެންދާއިރުވެސް، އިލެކްޝަންސް ކޮމިޝަނުން އެކަން ހައްލު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅުއްވައި ދެއްވާފައި ނުވާކަން ހިތާމައާއިއެކު ފާހަގަކުރާ ކަމަށް އިދިކޮޅުން ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވެ އެވެ.
އިދިކޮޅުން ހުށަހަޅާފައިވާ ޝަކުވާގައި އިތުރަށް ބުނެފައިވަނީ، މިކަމަކީ އެޕާޓީން އިންތިހާބާއި ގުޅިގެން ކުރަމުން ގެންދާ އިދާރީ އަދި އަމަލީ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމުގައި އެޕާޓީން ދެކޭ ކަަމަށެވެ. އެކަން އިސީގެ ފަރާތުން ނުހުއްޓުވައިފިނަމަ، އެޕާޓީން ގަބޫލު ކުރާނީ އެކަމަކީ ސަރުކާރާއި، ސަރުކާރުގެ ކެންޑިޑޭޓުންނާއި ގުޅިގެން އީސީގެ ފަރާތުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލެއްގެ ގޮތުގައެވެ.
އެހެންކަމުން، ޕާޓީ އޮފީސް ބަންދުކޮށްގެން ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ މިހަޑި ހުތުރު އަމަލުތައް ކޮމިޝަނަށް ގާނޫނު އަސާސީން ލާޒިމުކުރާ ޒިންމާ މަސްއޫލިއްޔަތު އަދާ ކުރައްވާ، އެކަން ހުއްޓުވައި ދިނުމަށާއި، އިންތިހާބުގައި ހުރިހާ ޕާޓީއަކަށާއި ކެންޑިޑޭޓުންނަށް ހަމަހަމަކަމާ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށްދެއްވުން އެދޭކަމަށް އިދިކޮޅުން ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވެ އެވެ.

ޕީޕީއެމް އޮފީސް ބަންދުކޮށްގެން ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތައް ހުއްޓުވުމަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނު އަސާސީން ލާޒިމު ކުރާ ކަމެއް.. މިކަން ހުއްޓުވައި ދެއްވައި، ހަމަހަމަ ކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދެއްވާ. @ElectionsMv pic.twitter.com/lAG7ns7zWR
— Mohamed Tholal (@Tholal) March 12, 2021
އިދިކޮޅުން ހުށަހަޅާފައިވާ ޝަކުވާގައި އިތުރަށް ބުނެފައިވަނީ، މިކަމަކީ އެޕާޓީން އިންތިހާބާއި ގުޅިގެން ކުރަމުން ގެންދާ އިދާރީ އަދި އަމަލީ ހުރިހާ މަސައްކަތަކަށް ހުރަސް އަޅާ، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމުގައި އެޕާޓީން ދެކޭ ކަަމަށެވެ. އެކަން އިސީގެ ފަރާތުން ނުހުއްޓުވައިފިނަމަ، އެޕާޓީން ގަބޫލު ކުރާނީ އެކަމަކީ ސަރުކާރާއި، ސަރުކާރުގެ ކެންޑިޑޭޓުންނާއި ގުޅިގެން އީސީގެ ފަރާތުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލެއްގެ ގޮތުގައެވެ.
އެހެންކަމުން، ޕާޓީ އޮފީސް ބަންދުކޮށްގެން ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ މިހަޑި ހުތުރު އަމަލުތައް ކޮމިޝަނަށް ގާނޫނު އަސާސީން ލާޒިމުކުރާ ޒިންމާ މަސްއޫލިއްޔަތު އަދާ ކުރައްވާ، އެކަން ހުއްޓުވައި ދިނުމަށާއި، އިންތިހާބުގައި ހުރިހާ ޕާޓީއަކަށާއި ކެންޑިޑޭޓުންނަށް ހަމަހަމަކަމާ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށްދެއްވުން އެދޭކަމަށް އިދިކޮޅުން ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ހިޔާލު