އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އެޗްޕީއޭގެ ގައިޑްލައިނާ އެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިތުރަށް ބޭނުންވާ 29.8 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބިފައިވާ ކަމަށް އެކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަޙްމަދު ޝަރީފް މީގެ ކުރިން ވިދާޅުވެފައި ވަނީ، މިއަހަރުގެ ބަޖެޓްގައި އިލެކްޝަންސް ބޭއްވުމަށް ކަނޑައަޅާފައިވާ 51 މިލިއަން ރުފިޔާގެ އިތުރަށް، އިންތިހާބު ބޭއްވުމަށް އިތުރު 42.8 މިލިއަން ރުފިޔާ ބޭނުންވާ ކަމަށެވެ. އެގޮތުން ޖުމްލަ 95 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމަވާފައިވަނީ ކުރިން ކަނޑައަޅާފައިވާ 51 މިލިއަން ރުފިޔާގެ އިތުރުން 29.8 މިލިއަން ރުފިޔާ އިތުރު ކޮށްދިނުމަށެވެ. އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އެ ފައިސާ މިހާރު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.



ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާނީ 3934 ކެނޑިޑޭޓުންނެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް 2264 ކެނޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީއަށް 1670 ކެނޑިޑޭޓުން ވާދަ ކުރަށްވާނެ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ. މި އިންތިޚާބުގައި ވޯޓަކާނުލާ ކައުންސިލް ތަކުގެ 30 ކެނޑިޑޭޓުން އިންތިޚާބުވެފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 90 ކެނޑިޑޭޓުން ވޯޓަކާ ނުލައި އިންތިޚާބު ވެފައިވެއެވެ.

އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން އިންތިހާބުގައި ވޯޓުލުމަށް 735 މަރުކަޒު ގާއިިމުކުރަން ޖެހެއެވެ. އެގޮތުން މާލޭގައި އެކަނިވެސް 68 މަރުކަޒު ގާއިމުކުރަން ޖެހޭނެ ކަމަށާއި އަދި ކޮންމެ ފޮއްޓަކަށް 500 މީހުން ވޯޓުލާނެ ކަމަށް އީސީން ވަނީ ބުނެފައެވެ. ހަމައެއާއެކު އިންތިޚާބުގެ މަސައްކަތަށް 10073 އޮފިޝަލުން ބޭނުންވާއިރު، އެއް ވޯޓުފޮށި ހުންނަ މަރުކަޒުތަކަށް ވެސް ނުވަ އޮފިޝަލުން ބޭނުންވާނެ ކަމަށާއި ދެ ވޯޓުފޮށި ހުންނަ މަރުކަޒަކަށް ނަމަ 19 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

މި އިންތިހާބުގައި ވޯޓުލުމަށް މާލޭ ސިޓީގައި 51499 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު އައްޑޫސިޓީގައި 25055 މީހަކު އަދި ފުވައްމުލަކުން 9177 މީހެއް އަދި ކުޅުދުއްފުށީ ސިޓީގައި 6825 އަދި އެހެނިހެން އަތޮޅުތަކުން 179924 މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓްރީކޮށްފައެވެ. މި އިންތިޚާބަށް 272480 ވޯޓް ކަރުދާސް ޕްރިންޓް ކުރާނެއެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން