އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ޕީޕީއެމް އިން ހުޅުމާލޭގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

އިދިކޮޅުން ހުޅުމާލޭގައި މުޒާހަރާ ކުރަމުންދަނީ، ޕީޕީއެމްގެ ޓިކެޓްގައި ހުޅުމާލޭ ކައުންސިލް ގޮނޑިއަށް ކުރިމަތިލާފައިވާ އިބްރާހިމް ޝުޖާއުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާ ނިންމާ ލުމަށްފަހުގައެވެ.

މިރޭ ކުރިއަށްދާ މި މުޒާހަރާގެ ބައިވެރިންވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ފްލެޓް ކައިރިއަށް އެއްވެ އެކަމަނާގެ އިސްތިއުފާއަށް ގޮވާފައެވެ.

އަދި މިއަދު ޝުޖާގެ ޖަގަހަ ހުޅުވުމަށް ބޭއްވި އިވެންޓް އެޗްޕީއޭގެ އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށްބުނެ ފުލުހުންވަނީ ޝުޖާއު ވެސް ޖޫރިމަނާ ކޮށްފައިކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.



ހުޅުމާލޭގައި މިރޭ އިދިކޮޅުގެ އިހުތިޖާޖު ފެށިއިރު، މާލޭގައި އެކޯލިޝަނުން ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ތަކުރާރުކޮށް ހިލާފުވެފައިވާތީ، ޕީޕީއެމް އާއި ޕީއެންސީކުރެ ކޮންމެ ޕާޓީއެއް 25000 ރުފިޔާ އިން ޖޫރިމަނާވެސް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން