ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު
ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު
އުތުރު ތިލަފަޅު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރަށް "ޕުޝް ކުރަމުންދަނީ" (ބާރުއަޅަނީ) ދިވެހި ސިފައިންކަމަށް ދިވެހި ގައުމީ ދިފާއީބާރު، އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

ޔޫޓީއެފް އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ލިއުމަކީ ފޭކް އެއްޗެއްކަން ޔަގީން ކޮށްދީ އެ އެއްބަސްވުމާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބުދާރިވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ ޔޫޓީއެފް މަޝްރޫޢަކީ ސިފައިން ބޭނުންވެގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

"މި ފެސިޓީއަކީ ދިފާއީ ބާރުން ބޭނުންވެގެން ދިވެހި ސިފައިންނަށް ތަރައްޤީކޮށްދޭ ތަނެއް، މިކަން ކުރަން ސަރުކާރަށްވެސް ޕްރެޝަރ ކުރަނީ ސިފައިންނަށް މިފަދަ ތަނެއްގެ މުހިންމުކަން ބޮޑުކަމުން." ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.

ޖެނެރަލް ޝަމާލް ވިދާޅުވީ، އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެތަނުގައި ހަތިޔާރުއެޅި ސިފައިން ތިބޭނެފަދަ އެއްވެސް މާއްދާއެއް ނެތް ކަމަށާއި އެތަން ތަރައްގީކުރުމުން އެތަން ވެގެންދާނީ ސައްތައިންސައްތަ ދިވެހި ސިފައިންގެ ތަނަކަށް ކަމަށެވެ.

ޝަމާލު ވިދާޅުވީ އެއީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނިގެން ތަރައްގީ ކުރެވޭ ތަނެއް ކަމަށާއި އޭގެ ސަބަބުން ވަރަށް ބޮޑު ފަސޭހަ ތަކަކާއި ފައިދާތަކެއް ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ކަމަށެވެ. ޚާއްޞަކޮށް ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާރުކޮށް ބެލެހެއްޓުމުގެ ގާބިލުކަން މީގެސަބަބުން އިތުރުވެގެން ދާނެ ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. އަދި ދިވެހި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ރޯނުއެދުރު

19-Mar-2021

ދިވެހި ސިފައިންނޭ ބުނީމަ އެންމެ ރަނގަޅެއްނޫން...ސިފައިންގެ ތެރެއިން ބަޔަކު.....އަމިއްލަ އެދުމަށް ގައުމު ވިއްކާލީ.....



ޓްރެންޑިން