އެމްއެންޑީއެފްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްއެންޑީއެފްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ސިފައިންނާ ދެކޮޅަށް ހިންގާ ޕްރޮޕެގަންޑާ ހުއްޓާލުމަށް ދިވެހި ސިފައިންގެ އިސް ޖެނެރަލުން ގޮވާލަށްވައިފިއެވެ.

ޔޫޓީއެފް އެއްބަސްވުމުގެ ދެލިކޮޕީއެއް ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ލިއުމަކީ ފޭކް އެއްޗެއްކަން ޔަގީން ކޮށްދީ އެ އެއްބަސްވުމާއި ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޖަވާބުދާރިވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، ސިފައިންނާ ދެކޮޅަށް ހިންގާ ޕްރޮޕެގަންޑާ ޢަމަލުތައް ސިފައިން ލުއިކޮށް ނުނަގާނެ ކަމަށެވެ.

ޖެނެރަލް ޝަމާލް ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ދިފާއާ ގުޅޭގޮތުންނާއި، އަދި ވަކިން ހާއްސަކޮށް ގައުމީ ދިފާއީ ބާރުގެ ކަންކަމާއި ގުޅޭގޮތުން ކަނޑައެޅިގެން ދޮގު ހަބަރު، ފަތުރަމުން ގެންދާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އަދި އެފަދަ ޕްރޮޕެގަންޑާ ހިންގާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ޝަމާލް ވިދާޅުވިއެވެ.

"މިފަދަ ކަންކަން ކުރައްވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ހުރިހާ އޮޕްޝަންސް އެކްސްޕްލޯ ކުރަން، ކިހިނެއްތޯ މިކަންކަން ހުއްޓުވޭނީ، ކޮބައިތޯ އެޅޭނެ ފިޔަވަޅަކީ ބަލަން، މިހާރުވެސް އަޅުގަނޑުމެން މި ގެންދަނީ އޭގެ ދިރާސާތަކެއް ކޮށް، އެކަންކަން ބަލަމުން." ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.

ޖެނެރަލް ޝަމާލް ވިދާޅުވީ، ސިޔާސީ މަންފާއެއް ހޯދުމަށް ސިފައިންގެ މުއައްސަސާ ސިޔާސީ ޕްރޮޕެގަންޑާ އެއްގައި ޖެއްސިދާނެކަމަށް ބަޔަކަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި ކުރިން ސިފައިންގެ މުއައްސަސާގައި ޚިދުމަތް ކުރެއްވުމަށްފަހު މިހާރު ސިފައިންގެ ތެރޭގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވާނެކަމަށް ޝަމާލް ވިދާޅުވިއެވެ.

ޖެނެރަލް ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުންކަމަށް ބުނެ އިއްޔެ ޢާއްމުކުރީ އެއްވެސް އަސްލެއް ނެތް ލިޔުމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމުގެ ބޭނުމަކީ ސިޔާސީ މަންފާއެއް ހާސިލް ކުރުންކަމަށް ބެލެވޭ ކަމަށާއި ސިޔާސީ ވަކި ޕްރޮޕެގެންޑާއެއް ޕްރޮމޯޓު ކުރުމަށް ގައުމީ ދިފާއީ ބާރުގެ އޮފިޝަލުންގެ އަގު ވައްޓައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޝަމާލް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


7

މަރީ

19-Mar-2021

ޤައުމީ ސަލާމަތަށް ހުރި ނުރައްކަލަކީ ވަގަށް ފޮރުވައިގެން ކަންކަން ކުރާ ބާޣީން.



ޓްރެންޑިން