ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަނީ
ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަނީ
ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓެއް ބަހައްޓައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޑިސްއިންފެކްޓް ގޭޓެއް ހަރުކޮށްފައިވާ ވާކަމަށެވެ.

މި ގޭޓަކީ މާޒިޔާ ސްޕޯޓްސް ކްލަބުން ހަދިޔާކޮށްފައިވާ ގޭޓެއް ކަމަށާއި، މި ގޭޓް ސްޕޮންސަރ ކޮށްފައިވަނީ މެޑީކުއިޕް މޯލްޑިވްސް އިން ކަމަށް ބައްސާމް ވިދާޅުވިއެވެ.



ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށް އެޗްޕީއޭއިން އެންގުމާއި ގުޅިގެން ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން ވަގުތީ ގޮތުން ވަނީ މެދު ކަނޑާލައިފައެވެ. ނަމަވެސް އެޗްޕީއޭއިން މިހާރު ވަނީ އެފްއޭއެމްއިން ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ ފުޓްބޯޅައިގެ ޙަރަކާތްތައް ފެށުމަށް 25 ފެބްރުއަރީގައި ހުއްދަ ދީފައެވެ.

އެޗްޕީއޭގެ ހުއްދަ އަލުން ލިބުމާ ގުޅިގެން ގައިޑްލައިންއާ އެއްގޮތަށް ދިވެހި ޕްރިމިއަރ ލީގު ކުރިޔަށް ގެންދިޔުމަށް އެފްއޭއެމްއިން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން