ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުﷲ ޝަމާލު
ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް އަބްދުﷲ ޝަމާލު
އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިޙްތިރާމާއި، ޤަދަރު ނަގާލުމަށް ފުރުޞަތު ނުދޭނެ ކަމަށް ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.

ދިފާޢީ ވުޒާރާއިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލައި، އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި މަތިވެރި ހުވަޔާއި ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާ ގެންދިއުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަމާޒުކޮށް، ހަޤީޤަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެ ކަމުގައި ދަންނަވަމެވެ." ދިފާޢީ ވުޒާރާގެ ނޫސްބަޔާނުގައި ވެއެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ޤައުމީ ޚިދުމަތުގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަކެއްގެ އަގުހުރި ޚިދުމަތްތަކެއް މި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބޭފުޅުން ކަމަށެވެ.

ދިވެހި އަސްކަރިއްޔާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން ދިވެހި އަސްކަރިއްޔާއަށް އަމާޒުކޮށް ބޮޑެތި ތުހުމަތު ތަކެއް ކުރަމުންދާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އެކަމާގުޅިގެން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުވިދާޅުވީ، ސިޔާސީ މަންފާއެއް ހޯދުމަށް ސިފައިންގެ މުއައްސަސާ ސިޔާސީ ޕްރޮޕެގަންޑާ އެއްގައި ޖެއްސިދާނެކަމަށް ބަޔަކަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ. އަދި ކުރިން ސިފައިންގެ މުއައްސަސާގައި ޚިދުމަތް ކުރެއްވުމަށްފަހު މިހާރު ސިފައިންގެ ތެރޭގައި ބައިބައިވުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވާނެކަމަށް ޝަމާލް ވިދާޅުވިއެވެ.

ޖެނެރަލް ޝަމާލް ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުންކަމަށް ބުނެ ޢާއްމުކުރީ އެއްވެސް އަސްލެއް ނެތް ލިޔުމެއް ކަމަށެވެ. އަދި މިފަދަ ކަންކަން ކުރުމުގެ ބޭނުމަކީ ސިޔާސީ މަންފާއެއް ހާސިލް ކުރުންކަމަށް ބެލެވޭ ކަމަށާއި ސިޔާސީ ވަކި ޕްރޮޕެގެންޑާއެއް ޕްރޮމޯޓު ކުރުމަށް ގައުމީ ދިފާއީ ބާރުގެ އޮފިޝަލުންގެ އަގު ވައްޓައިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޝަމާލް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ސަޢީދު

19-Mar-2021

އުމަރުނަސީރުވަގުތުން ހައްޔަރުކުރަން ގޮވާލަން މީގެ ކުރިން ވެސް އަޅޯއުމަރު ދިވެހިރާއްޖޭގެ ދިފާއީމައިމަރުކަޒަށްހަމަލާދޭންރާވާފައިވާކަންމިފުރުސަތުގައިބުނަން



ޓްރެންޑިން