ދިވެހި ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމުގައި ޗައިނާގެ އޮތީ ހެޔޮ ނިޔަތެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ޗައިނާއިން ވަނީ ރާއްޖެއަށް އެއްލައްކަ ޑޯޒް ވެކްސިން ދޭނެ ކަމަށް އިއުލާނު ކޮށްފައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހުވެސް ޗައިނާއިން ވަނީ އިތުރު އެއްލައްކަ ޑޯޒް ވެކްސިން ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ ވެކްސިން އަދި ރާއްޖެއަށް ގެނެސްފައެއް ނުވެއެވެ.
ޗައިނާގައި ސިނޯފާމް ވެކްސިން ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިމަހުގެ 14 ވަނަ ދުވަހު ވަނީ ހުއްދަވެސް ދީފައެވެ.
ޗައިނާއިން ހަދިޔާ ކުރާ ވެކްސިނާ ގުޅޭގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމުގެ މަޤްސަދަކީ ދިވެހިންނަށް ވެކްސިން ދިނުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވަރު ޙަޤީޤަތަކަށް ހެދުމަށް އެއްބާރުލުން ދިނުން ކަމަށެވެ.
"އެހެން ނަމަވެސް ބައެއް ފަރާތްތަކުން ދަނީ ޗައިނާގެ މަޤްސަދު އޮޅުވާލުމަށް މަސައްކަތް ކުރަމުން. އަދި ޗައިނާގެ ހެޔޮ ނިޔަތާއި ވެކްސިން ފޯރުކޮށްދިނުމުގައި ގެންގުޅޭ ޕްރޮސިޖަރއާއި އުސޫލުތައް އޮޅޭގޮތަށް ދައްކާ ވާހަކަތައް ބަލައެއް ނުގަނެވޭނެ." ޗައިނާ ސަފީރު ވިދާޅުވެފައިވެއެވެ.
ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރިކަމަށް އިޢުލާނުކުރި ވެކްސިންގެ ޢަދަދު ވަނީ ދެލައްކަ އަށް އަރާފައެވެ. ރާއްޖޭގައި މިވަގުތުވެސް ޗައިނާގެ ސިނޯފާމް ވެކްސިންގެ 18000 ޑޯޒް އެބަ ހުއްޓެވެ. އެއީ ހެޔޮއެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ވެކްސިންކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،" ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން "ކޮވިޝީލްޑް" ބްރޭންޑްގެ ނަމުގައި އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 200000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ޗައިނާގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ ވެކްސިނެކެވެ. ކޮވިޑުން ރައްކާތެރިވުމަށް ޗައިނާއިން މިހާތަނަށް އުފައްދާފައިވަނީ ދެވެކްސިނެކެވެ. އެއީ ބެއިޖީންގެ ބަޔޯފާމަސޫޓިކަލް ކުންފުނީގެ ސިނޮވަކް ނަމަކަށް ކިޔުނު ވެކްސިނަކާއި ޗައިނާގެ ސަރުކާރު ހިއްސާވާ ސިނޮފަރމް ކުންފުނީގެ ވެކްސިނެވެ.

China's donation of vaccines aims to facilitate Maldives Gov. to implement vaccination plan for people's health. Some reports, ignoring this fact, tried to twist China's good will and normal practice & procedures regarding vaccine donation, which is misleading & unacceptable.
— Amb. Zhang Lizhong (@AmbassadorZhang) March 18, 2021
ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރިކަމަށް އިޢުލާނުކުރި ވެކްސިންގެ ޢަދަދު ވަނީ ދެލައްކަ އަށް އަރާފައެވެ. ރާއްޖޭގައި މިވަގުތުވެސް ޗައިނާގެ ސިނޯފާމް ވެކްސިންގެ 18000 ޑޯޒް އެބަ ހުއްޓެވެ. އެއީ ހެޔޮއެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ވެކްސިންކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،" ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން "ކޮވިޝީލްޑް" ބްރޭންޑްގެ ނަމުގައި އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 200000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ޗައިނާގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޯވެކްސް ފެސިލިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ ވެކްސިނެކެވެ. ކޮވިޑުން ރައްކާތެރިވުމަށް ޗައިނާއިން މިހާތަނަށް އުފައްދާފައިވަނީ ދެވެކްސިނެކެވެ. އެއީ ބެއިޖީންގެ ބަޔޯފާމަސޫޓިކަލް ކުންފުނީގެ ސިނޮވަކް ނަމަކަށް ކިޔުނު ވެކްސިނަކާއި ޗައިނާގެ ސަރުކާރު ހިއްސާވާ ސިނޮފަރމް ކުންފުނީގެ ވެކްސިނެވެ.
ކިޔުންތެރިންގެ ހިޔާލު