ރަޝީއާގައި ކުރިއަށްދިޔަ އެމްއައިޓީޓީ ފެއަރއިން ރާއްޖެއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެއެވެ.
މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް އެންޑް ޓުއަރިޒަމް، އެމްއައިޓީޓީ ފެއަރއަކީ މިމަހުގެ 16 އިން 18 އަށް ކުރިއަށްދިޔަ ފެއަރއެކެވެ. މި ފެއަރއިން ރާއްޖެއަށް ވަނީ ބެސްޓް އައިލޭންޑް ޕްރެޒެންޓޭޝަން އަދި ބްރައިޓް އެގްޒިބިޓިންގ އެވޯޑް ލިބިފައެވެ. މިއީ ރާއްޖެއިން ފެއަރގައި ހުށަހެޅި ހުށަހެޅުންތަކުގެ ފުރިހަމަކަމާއި ފެއާގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކޮށްފައިވާ މަސައްކަތަށް ބެލުމަށްފަހު ލިބުނު އެވޯޑްތަކެއްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުހައްމަދު ވިދާޅުވީ، މިފަދަ އެވޯޑެއް ލިބުމަކީ ޝަރަފެއް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ އުއްމީދަކީ ރާއްޖޭގެ ސްޓޯލްތަކަށް ވީހާވެސް ގިނަ ފަރާތްތަކުން ޒިޔާރަތްކޮށް، ރާއްޖޭގެ ހިތްޤައިމު މާހައުލު ތަޖުރިބާ ކޮށްލުން ކަމަށް ތައްޔިބު ވިދާޅުވިއެވެ.
މޮސްކޯ އިންޓަނޭޝަނަލް ޓްރެވެލް އެންޑް ޓުއަރިޒަމް، އެމްއައިޓީޓީ ފެއަރއަކީ ކޯވިޑަށްފަހު ރާއްޖެއިން ބޭރުގެ ފެއާއެއްގައި އެމްއެމްޕީއާރުސީން ބައިވެރިވި ފުރަތަމަ ފެއަރއެވެ. މިފެއާގައި ރާއްޖެއިން ބައިވެރިވި އެންމެ ބޮޑު މަޤްސަދަކީ، ރަޝިއާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް މިހާރަށް ވުރެ އިތުރުކުރުމެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރު މިހާތަނަށް އެޤައުމުން ސާޅީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު