ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން، ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި ދިވެހި ބަހުން ތާނަ އަކުރުން 'ދިވެހިރާއްޖެ' ލިޔާން ފެށުމުން، އެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް" ކަމަށާއި އެކަމަށް ޓަކައި މަރުޙަބާ ވިދާޅުވާ ކަމަށެވެ.
މޯލްޑިވިއަނުން މިއަދު ބުނީ، މި ބަދަލު އެ އެއަރލައިންގެ ހުރިހާ ބޯޓަކުން ވެސް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހީންގެ އަމިއްލަވަންތަކަމާ ޤައުމީ އެއަރލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް މި އަހަރު 60 އަހަރު ފުރޭއިރު، ދިވެހީންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން މި ބަދަލުގެ ތެރެއިން ރަމްޒުކޮށްދޭކަމަށް ޤައުމީ އެއަރލައިނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު