ފިރުޝާނާ ތައުފީގް (މ)
ފިރުޝާނާ ތައުފީގް (މ)
ހުނަރު ހުރި އަންހެނުންނަށް ބައެއް ސަރުކާރުތަކުން ފުރުސަތު ނުދޭކަމީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މި މޭރުމުން ވިދާޅުވެފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އޮފިސަރ ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީގަށް ރޯޔަލް މިލިޓަރީ އެކެޑަމީ ސެންދާސްތުގެ ކޯހަކުން ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެވޯޑް ލިބުމާ ގުޅިގެންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، ބޮޑެތި ކާމިޔާބީތައް ހާސިލްކުރުމުގެ ހުނަރު ހުރި އަންހެނުންނަށް، އެކަންކަން ހާސިލްކުރުމުގެ ފުރުސަތު، ބައެއް ސަރުކާރުތަކުން ނުދޭކަމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިނިސްޓަރ ވަނީ ފިރުޝާނާ އަށް ތަހުނިޔާ ދަންނަވައި އޭނާ އާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.



ފިރުޝާނާގެ ކާމިޔާބީއަށް މަރުހަބާ ކިޔައި، ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އޮފިސަރ ކެޑޭޓް، ބެސްޓް އިންޓަރނޭޝަނަލް ސްޓޫޑެންޓް އޮވޯޑު ހާސިލްކޮށްފައިވަނީ ރޯޔަލް މިލިޓަރީ އެކެޑަމީ ސެންދާސްތުން ހިންގާ ކޮމިޝަނިން ކޯހުން ކަމަށާއި، ފިރުޝާނާއަކީ ދިވެހިރާއްޖެއިން ރޯޔަލް މިލިޓަރީ އެކެޑަމީއަށްދިޔަ ފުރަތަމަ އަންހެން އޮފިސަރ ކެޑޭޓް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން