ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) މަޖިލީހުގެ ޖަލްސާއެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރަށް މުޚާތަބު ކުރައްވައި އަންހެނުންނަށް ނިސްބަތްވާ ގޮތަށް ދެއްކެވި "ޕެޑް" ގެ ވާހަކައާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަނދުން ޙުސައިނަށް އަމާޒު ވެގެންދިޔައެވެ. ހަމައެކަނި ކަނބަލުންގެ ފާޑު ކިޔުން އެކަންޏެއް ނޫނެވެ. ފިރިހެނުންވެސް އެކަމަށް ފާޑު ކިޔާފައި ވެއެވެ.
ދެމެމްބަރުންގެ މެދުގައި ހިނގައިދިޔަ ބަހުގެ ޙަމަލާތަކެއްގައި އާދަމް ޝަރީފަށް މުޚާތަބު ކުރައްވައި "ޕެޑް" ގެ ވާހަކަ އަނދުން ޙުސައިން ވިދާޅުވީ ކަނޑައެޅިގެން އަންހެނުންގެ ކަރާމާތަށް އުނިކަމެއް ގެނައުމުގެ މަޤްޞަދެއް އޮވެގެން ކަމަކަށް ނުބެލެވެއެވެ. އަދި ކަނޑައެޅިގެން އަންހެނުންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަކަށް، ނުވަތަ އަންހެނުންނަށް ފުރައްސާރަ ކުރުމުގެ ނިޔަތެއްވެސް އޭނާގެ އެ މުޚާޠަބު ކުރެއްވުމުގައި ނުވަތަ އެ އިބާރާތުގައި ވާ ކަމަކަށް ވެސް ނުބެލެވެއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައެއް ކަމަށްވާތީ އެކަން ސޯޝަލް މީޑިޔާގައި ފެނުނީ ވަރަށް ހޫނުވެގެން ދިޔަތަނެވެ. މިކަމުގައި ފާޑުކީ ގިނަ މީހުން ބެލީކީ ކަން ހިނގާދިޔަ ގޮތާއި ހާލަތަކަށް ނޫނެވެ. އޭނާ ބޭނުން ކުރެއްވި ބަހުރުވައެވެ. އެވިދާޅުވި އެއްޗެއްގެ ލަފުޒީ މާނައެވެ.
ތަޅިމަކީ ވަރަށް މިނިވަން މާހައުލެކެވެ. އިސްލާމް ދީނާ ޚިލާފު ނުވާ ކޮންމެ ވާހަކައެއް ވެސް އެތަޅުމުގައި ދެކެވެއެވެ. މާޒީއަށް ބަލާއިރު ކަން ހިނގާފައި ހުރީ ވެސް އެމަގުންނެވެ. މަޖިލީހުގެ ތަޅުމުން އެފަދަ ނުކިއްސަރު އަޑުތައް އިވުމަކީ އާ ކަމެއް ނޫނެވެ. އަކަކު އަނެކަކަށް މަލާމާތް ކުރުމާއި ނެތުމޮށުމާއި އާންމުކޮށް ބޭނުން ނުކުރާ ބޭއަދަބީ ބަސްތައް ބޭނުން ކުރުމަކީ އެތަޅުމަށް މުޅިން އާކަމެއް ނޫނެވެ. ނަމަވެސް މިފަހަރު އަދުން ހުސައިނަށް ވީގޮތަކީ "ބެހެން ނުބެހޭ ބަޔަކަށް" މުހާތަބު ވާގޮތަށް އެއްޗެއް ވިދާޅުވެވުނީއެވެ. އޭނާ އެބަސް މިފަހަރު ރައްދު ކުރެއްވީ ކަނޑައެޅިގެން އަންހެނަކާއި ދިމާއަށް ކަމުގައި ނުވި ނަމަވެސް އަންހެނުން އެކަނި ކުރާ ކަމަކަށް އަމާޒުކޮށް އެއްޗެއް ވިދާޅުވެވުނީމާ މާ ބޮޑަށް ޖަޒުބާތު ވީއެވެ. ވިދާޅުވެގެން ނުވާނެ ބަހެއް ވިދާޅުނުވާންވީ ތަނެއްގައި ވިދާޅުވެވުނީއެވެ.
ހަގީގަތުގައި އަނދުން ޙުސައިންގެ އެ ވާހަކަ އިތުރަށް ބޮޑުކޮށް، ނުވަތަ ބަޔަކު ސިޔާސީ ކޮށްލީއޭވެސް ބުނެވިދާނެއެވެ. ކައުންސިލް އިންތިޚާބު ނަގައި ބޯމަތި ވެފައި އޮތުމުން އެ ވާހަކަ ބައެއް ފަރާތްތަކުން ނެގީ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ބޭނުން ކުރެވިދާނެ ކުޑަވަރެއްގެ ސިޔާސީ ބޮމެއްގެ ގޮތުގައެވެ. ބަޔަކު ބޭނުންވީ އަނދުން ޙުސައިންގެ އެ ވާހަކައިން މަސްރަޙް ހޫނުކޮށްލާން ކަމަށްވެސް ވެދާނެއެވެ. ނޫނީ އޭގެ ނާޖާއިޒު ފައިދާއެއް ނެގުމަށް ކަމަށް ވެސް ވެދާނެއެވެ. ކުރިން ދެންނެވި ފަދައިން ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައި ބައެއް މެމްބަރުން އެއަށްވުރެ މާ ގޯސް ނުވަތަ ހުތުރު ވާހަކަވެސް އެތަނުގައި ދައްކަވައިފިއެވެ. އަޑު އަހަން ކެތް ނުވާވަރުގެ އެންމެ ހުތުރު ބަހުރުވައިންވެސް ބަޔެއް މެމްބަރުން މަޖިލީހާއި ކޮމިޓީ ތަކުގައި ވާހަކަ ދެއްކެވި މަންޒަރުވެސް މާޒީއާއެކުވެގެން ހިނގައްޖެއެވެ. އަދި އަންހެން މެމްބަރެއްގެ މޫނަށް ފިރިހެން މެމްބަރަކު ކޯ ދޮވެލި ހުތުރު މަންޒަރުވެސް ފެނިގެން ގޮސްފިއެވެ. އެއިން ކޮންމެ ކަމެއްވެސް ގޮސް ހުއްޓުނީ ކަނބަލުންގެ ކަރާމަތާއި އިއްޒަތާއި ހަމައިގައެވެ. އެހެންކަމުން އަނދުން ޙުސައިން "ޕެޑް" ގެ ވާހަކަ ދެއްކެވުމުން އެއީ މާޒީގައި މެމްބަރުން މަޖިލިސް ތަޅުމުގައި ގޮވި ބަޔެއް ހުތުރު ބަސް ތަކަށް ބަލާއިރު ނިސްބަތުން ކުޑަކުޑަ މިންވަރެކޭ ދެންނެވުން އެއީ ކުށަކަށް ނުވާނެއެވެ.
މިތާނގައި އަނދުން ޙުސައިން އެހެން ވިދާޅުވުން ރަނގަޅެކޭ ދަންނަވަނީއަކީ ނޫނެވެ. ކޮންމެ މީހަކު ކުރިއަސް ގޯސް ވާނީ ގޯހަށެވެ. މިހާތަނަށް މަޖިލީހުގެ ތަޅުމުގައި ހިނގާފައިވާ އެފަދަ ކަންކަމަށް ބަލާއިރު އެކަން އެންމެ ބޮޑަށް އަމިއްލަފުޅަށް ގަބޫލުފުޅު ކުރެއްވި ބޭފުޅަކީވެސް އަނދުން ޙުސައިން ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ކޮންމެ ނިޔަތެއް އޮވެގެން ނަމަވެސް ބަޔަކު ސޯޝަލް މީޑިޔާގައި އެ ވާހަކައާއި ގުޅިގެން އަނދުން ޙުސައިން ކުށްވެރިކޮށް، ފާޑު ކިޔަން ފެށުމުން އެ ފަރާތްތަކުގެ އިޙްސާސްތައް އަނދުން ޙުސައިން ބަލައިގަތެވެ. ފާޑު ކިޔުންތައް ބަލައިގަތެވެ. ވަރަށް ފުރިހަމައަށް ބަލައިގަތެވެ. ގޮތް ދޫނުކުރައްވައި އިތުރަށް ގަދަބަސް ވިދާޅުވީކީ ނޫނެވެ. ހަނު ހުންނެވީކީވެސް ނޫނެވެ. "ޕެޑް" ގެ ނަން ބޭނުން ކުރައްވައި ދެއްކެވުނު ވާހަކައަކީ އާންމުންނަށް ބަލައިގަންނަން އުދަނގޫ ވާހަކައެއްކަން އޭނާ ފުރިހަމައަށް ގަބޫލު ކުރެއްވީއެވެ. ފާޑުކިޔުންތައް ބަލައިގަނެ، ވިދާޅުވެވުނު ބަހަށް އާންމުންގެ ކިބައިން އޭނާ މައާފަށް ވެސް އެދިވަޑައިގެންނެވީއެވެ.
"ކަނބަލުންނަށް ނިސްބަތްވާ ގޮތަށް ދެކެވުނު ވާހަކައަށް މާފަށް އެދެން. ބަލައިނުގަނެވޭނެ ފަދަ ވާހަކައެއްކަން ގަބޫލު ކުރަން. އަޅުގަނޑު މިފަދަ ބަސްތަކަށް ސަމާލު އިތުރަށް ވާނަން،" މާފަށް އެދިވަޑައިގެން އަނދުން ޙުސައިން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އަޅުގަނޑު ހަމަ ދަންނަވާނީ އޭނާ އެދެއްކެވީ ވަރަށް ރީތި ނަމޫނާއެއް ކަމަށެވެ. ހަމަ އެހާމެ ހިތްގައިމު މަންޒަރެއް ކަމަށެވެ. އާންމުންގެ އިޙްސާސްތަކަށް އިޙްތިރާމް ކުރެއްވުމުގައި އަނދުން ހުސައިން މިފަހަރު އެދެއްކެވީ ވަރަށް ފުރިހަމަ ލާމަސީލު ނަމޫނާއެކެވެ. އަދި ކުރިމަގުގައި މަޖިލީހުގައި ވާހަކަ ދައްކަވާއިރު އެފަދަ ކަންކަމަށް އިތުރަށް ސަމާލުވެވަޑައިގަންނަވާނެ ވާހަކަވެސް ވިދާޅުވެއްޖެއެވެ. މިއީ މަޖިލީހުގެ މެމްބަރުންގެ ކިބައިން ވަރަށް މަދުން ނޫނީ ނުފެންނަ ރީތި ސިފައެކެވެ. ދިރިހުރި މިސާލެއް ފަދަ ކަމެކެވެ. މީގެކުރިން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ތަކުގައި "އަވަގުރާން" ގޮވި މެމްބަރުން އަދިއަދަށްދާންދެންވެސް އެކަން އެއީ ގޯސް ކަމެއްގެ ގޮތުގައި ދެކިގެން މައާފަށް އެދިވަޑައިގެންފައެއް ނުވެއެވެ. އަންހެން މެމްބަރުގެ މޫނަށް ކޯ ދޮވެލި މެމްބަރުވެސް ހުންނެވީއެވެ. މާފަށް އެދިވަޑައެއް ނުގަންނަވައެވެ. އެނޫނަސް މަޖިލީހުގައި މެމްބަރުން ދައްކަވައިގެން ނުވާނެ ބަހުރުވައިން އެތައް މެމްބަރުންނެއް ވާހަކަ ދެއްކެވިތަން ފެނުނެވެ. އެކަމަކު މާފަށް އެދިވަޑައިގެން މިފަދަ ސަޅި ނަމޫނާއެއް ދައްކަވާފައި ވަނީ ވަރަށްވެސް މަދު މެމްބަރެކެވެ. އެފަދަ ހާދިސާއެއް ހަނދާނަކުވެސް ނެތެވެ. އެހާވެސް މަދެވެ.
ގިނަ ބަޔަކު ބުނާ ގޮތުގައި އަނދުން ޙުސައިނަކީ އާންމު ގޮތެއްގައި ހިތްހެޔޮ ބޭފުޅެކެވެ. އަމިއްލަފުޅު ގޮތުންވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ މެމްބަރެކެވެ. ޚާއްސަކޮށް އޭނާގެ ދާއިރާގެ ރައްޔިތުންނަށެވެ. ދާއިރާގެ ރައްޔިތުންނާއި އޭނާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ވެސް ވެއެވެ. ތައުލީމީ ރޮނގުންނާއި އިޖުތިމާއީ ރޮނގުން ދާއިރާގެ ރައްޔިތުންނަށް އަނދުން ޙުސައިން ވަމުންދާ އެހީތެރިކަމަކީ ފާހަގަކޮށްލެވޭ ފަދަ ޚިދުމަތެއްކަން އެދާއިރާގެ ބައެއް ފަރާތްތަކުނެ ބުނެއެވެ. މާލޭގެ ގިނަ ބަޔަކު ދަންނަ އަނދުން ހުސައިނަކީ ވަރަށް ބުރަ މަސައްކަތުން ކުރިއަރާފައިވާ ބޭފުޅެކެވެ. ހަމަގައިމުވެސް އެރޮނގުން އަދުގެ ޒުވާނުންނަށް ހަމަ ރަނގަޅު ދިރިހުރި ނަމޫނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު