މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފެށުން
މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ފެށުން
މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު މ. ދިއްގަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުންފުނީގެ އިސްވެރިންނާއި މ. ދިއްގަރު ދާއިރާގެ މަޖްލިސް މެންބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްފާއިވާ މި މަޝްރޫއަކީ 84.121 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކުވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫޢުތައް ނިންމުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫޢުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ. އަދި މިހިނގާ 2021 ވަނަ އަހަރަކީވެސް ގިނަ މަޝްރޫޢުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން