އެމްޕީއެލް
އެމްޕީއެލް
ދާދިފަހުން އެމްޕީއެލްގައި ހިނގި ޙާދިސާތަކުގެ ޖިނާޢީ ތަޙުޤީޤެއް ކުރަން ފުލުހުންނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒެސް (އެސްއޯއީ) ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައެޅި ރިޕޯޓްގައި މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ބިއްލޫރި ޕެލެޓެއް ދަށުވެ، ދެ މީހަކަށް އަނިޔާވެ، އެކަކު މަރުވި ހާދިސާއާއި މި މަހުގެ 4 ވަނަ ދުވަހު ޓަރފް ރޯލެއް ދަށުވި ޒުވާނަކު މަރުވި ހާދިސާގެ ޖިނާއީ ތަހުގީގެއް ކުރަން އެންގުމަށް ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރުމަށް ފަހުގައެވެ.

ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ، ބަނދަރުގެ ރައްކާތެރިކަމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދު މިއަދާ ހަމަޔަށް ވެސް ހަދާފައިނުވާ ކަމަށެވެ. އަދި ބަނދަރުގައި ހިނގާ ކަންކަން މޮނީޓަރކުރުން ހަރުދަނާކުރުމަށް ނިޒާމެއް ގާއިމުކުރުމާއި، ކްލިއަރެންސް އޭޖެންޓް ރެޖިސްޓްރޭޝަން ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިންމަން އެމްޕީއެލް އަށް އެންގުމަށްވެސް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެއެވެ.

މި ޙާދިސާތައް ހިނގާފައިވާގޮތް ބެލުމަށް އެމްޕީއެލްގެ އިސް ފަރާތްތައް ކޮމިޓީއަށް ޙާޟިރުކުރުމަށްފަހު، އެކުލަވާލި ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ، އެކަމުގައި އިހުމާލުވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް އެންގުމަށެވެ. ކޮމިޓީގެ ރިޕޯޓު ފާސްކުރީ 26 މެމްބަރުންގެ ވޯޓާއި އެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން