އަހުމަދު ޝާހް   24 މާރިޗު 2021 - 23:56
އަންމަޓީ (މެދުގައި)
އަންމަޓީ (މެދުގައި)
ހުޅުމާލޭގައި ފްލެޓް އަޅައި އެތަން ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

އައްމަޓީ ރާއްޖެ ގެނެސްފައިވަނީ މިއަދުއެވެ. އޭނާ ރާއްޖެ ގެނައުން ލަސްވީ އޭނާގެ މައްސަލައެއް ލަންކާ ފުލުހުން ބަލަމުން ދިއުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާ ރާއްޖެ ގެނައުމަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ޙާޟިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.

އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް މެދުވެރިކޮށް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އައްމަޓީ ހައްޔަރުކުރުމަށް އިންޓަރޕޯލުން ނެރެފައިވާ ނޯޓިސްގައިވާ ބުނެފައިވާގޮތުން އޭނާއަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތުތަކެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމުގެ ބޮޑު މަޝްރޫއެއް އިއުލާނުކޮށް އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބައެއް މީހުންވަނީ ފަންސާސް ހާހަށްވުރެ ގިނަ ފައިސާ ދައްކާފައެވެ. ސީލައިފުން އަޅާދޭނެކަމަށް ބުނި ފްލެޓްތައް އަޅާނުދީ އެތައް އަހަރެއްވުމުން އެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން އެމައްސަލަ ސިވިލް ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސީ ލައިފާ ގުޅޭ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް ގެންދަނީ ބަލަމުންނެވެ.

ފްލެޓު ގަތުމަށް ސީ ލައިފް ގްލޯބަލަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދޭން ނިންމި ނިންމުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތްކުރާނެ ކަމަށް އެޗްޑީސީން ވެސް ވަނީ ބުނެފައެވެ. ހައުސިންގ ޔުނިޓްތައް ގަތުމަށްޓަކައި 200 އަށްވުރެ ގިނަމީހުން ބުކިންގ ފީއާއި ޑައުންޕޭމަންޓް ފައިސާ ދައްކާފައި ވީނަމަވެސް އެމަސައްކަތް ކުރިއަށް ނުގެންދިޔުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރިމެންޓެއް ވެސް ހަދާފައެވެ.

އެޗްޑީސީން ބުނެފައިވަނީ، ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ފްލެޓު ދިނުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި ފްލެޓުތައް ގަތުމަށް އެކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތަކުން ދައްކާފައިވާ ފައިސާއާއި އެއްވަރުގެ ޢަދަދެއް ދިނުމަށް އެއްބަސްވެފައިވާކަމަށެވެ. ނަމަވެސް މިފައިސާ ސަރުކާރުން ދައްކަންޖެހޭ ސަބަބަކާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު އެ ސަބަބެއް އެޗްޑީސީއަކުން ހާމައެއް ނުކުރެއެވެ. މީގެއިތުރުން މިމައްސަލައިގައި ޒިންމާ އުފުލަންޖެހޭ ސީ ލައިފްގެ އެމްޑީ ރާއްޖެ ގެނަސްފައި މިވަނީވެސް އޭނާ ނުގެނަސްގެން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވާތާ އެތައް ދުވަހެއް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން