ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި އުތުރުގެ ރަށެއްގެ ރައްޔިތުން އެރަށު ޕޮލިސް ސްޓޭޝަން ކައިރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގްރޫޕަކުން ހިންގާފައިވާ މިޢަމަލާ ގުޅިގެން ކުއްޖާގެ މައިންބަފައިންނާއެކު މާލެއައިސް އެ ކުއްޖާ ވަނީ ޖެންޑާ މިނިސްޓްރީއަށް ކަންހިނގާދިޔަ ގޮތް ކިޔައިދީފަ އެވެ. މުޒާހަރާ ކުރަމުންދާ މީހުން ގޮވާލަމުންދަނީ މި ޢަމަލު ހިންގި މީހުން ވީއެންމެ އަވަހަކަށް ހައްޔަރު ކުރުމަށެވެ.

އެ ޢަމަލު ހިންގާފައިވަނީ އެރަށުގެ ގެސްޓްހައުސްއެއްގައި ކަމަށާއި، އެކަމުގައި ސްކޫލް މުދައްރިސެއް ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން ކުއްޖާ ރޭޕްކުރީ ސްކޫލުގެ އިތުރު ގަޑިއެއް އޮތް ކަމަށާއި ފިލާވަޅެއް ކިޔައިދޭން ކަމަށް ބުނެ ގެންގޮސްފައި ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންއަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން