އެސްޓީއޯއިން ތެޔޮ ރައްކާކުރުމަށް ބޭނުންކުރާ ތެޔޮ ފުނަދޫގައި އެކަށީގެންވާ ރައްކާތެރިކަމެއް ނެތްކަމަށް އެތަނުގެ ކުރީގެ ބައެއް މުވައްޒަފުން ބުނެފިއެވެ.
ރާއްޖޭގެ ބަނދަރުތަކުގައި އެކަށީގެންވާ ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ރިޕޯޓާއި ގުޅިގެން ފުނަދޫ ފިއުލް ފާރމްގައި ވަޒީފާ އަދާކޮށްފައިވާ ބައެއް މުވައްޒަފުންވަނީ ފުނަދޫ އަކީ އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައިނުވާ ތަނެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"ރަސްއޮންލައިން" އާއި ވާހަކަ ދައްކަމުން ތެޔޮ ފުނަދޫގައި އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަމަށް ބުނެ މަޢުލޫމާތުދިން އެތަނުގެ ކުރީގެ މުވައްޒަފަކު ބުނެފައިވަނީ، ފުނަދޫގެ ސަލާމަތީ ފިޔަވަޅުތައް ދަށްކަމަށް ބުނެ ޝަކުވާ ކުރުމުން އޭނާ އެތަނުގެ ވަޒީފާއިންވެސް ވަކިކޮށްފައިވާ ކަމަށެވެ. އަދި ތަނެއްގައި ޤަވާއިދެއް އޮތަސް ޢަމަލު ނުކުރާނަމަ ޤަވާއިދުގެ ބޭނުމެއް ނެތްކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަން ކުރުމުގެ ޤަވާއިދުގެ ދަށުން ތެޔޮ ރައްކާކުރާ ޓޭންކްތައް ހަދަންޖެހެނީ "ފްލޭމަބަލް އެންޑް ކޮންބަސްޓިބަލް ލިކުއިޑްސް ކޯޑް" ގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ތެޔޮ ރައްކާކުރާ ތަންތަނުގައި އެކަށީގެންވާ ފަދަ އަލިފާން ނިއްވާ ނިޒާމެއް ޤާއިމުކޮށްފައި ހުންނަންޖެހޭނެ ކަމަށާއި، ނަމަވެސް މުޅި ފުނަދޫގައިވެސް ފޯމް ލައިނެއް ނެތް ކަމަށެވެ. އަދި ޓޭންކް އޭރިޔާގައި އެކަށީގެންވާ ފެން ލައިނެއް ނެތް ކަމަށާއި، ފެންލައިނެއް ހުރިނަމަ ހުރީ ދަބަރުޖަހާ ޑެމޭޖް ވެފައި ކަމަށް އޭނާ މަޢުލޫމާތު ދީފައިވެއެވެ.
ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަން ކުރުމުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ، ތެޔޮ ރައްކާކުރާ ތަންތަނުގައި އަޅާފައިވާ ހޮޅިލައިންގައި ބޭނުންކުރާ ހޮޅި ވާންޖެހޭނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ހޮޅިއަށް ކަމަށެވެ.
ފުނަދޫގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، މާލެ ކައިރީގައި އޮތް ސަރުކާރުގެ ތެޔޮ ރައްކާކުރާ ފުނަދޫ އެތަނުން ނަގަން ޖެހޭ ކަމަށާއި، ފުނަދޫ އެއީ ނުރައްކާތެރި ތަނެއް ކަމަށެވެ.
"މިހާރު އެހުރި ފިއުލްފާރމް އެހުރީ ނުރައްކާ ދަރަޖައަކަށް ގޮސްފައި. މިހާރު ފުނަދޫގައި ހުރި ތެޔޮތާނގީތައް އެހެންތާކަށް ބަދަލުކުރަން އެބަޖެހޭ. އެތަންތާނގެ ފަޔަރ ސޭފްޓީ ސްޓޭންޑަރޑްތަކާ މިންގަނޑުތަކާ ބަލާ އޮތޯރިޓީތައް އެބަޖެހޭ އޮޕަރޭޓްވާން." މެމްބަރު ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ބަނދަރުތަކަކީ މުވައްޒަފުން ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މާޙައުލެއް ނޫންކަމަށްވެސް މެމްބަރު ބޮންޑޭ ވިދާޅުވިއެވެ.
"މި ދައްކަނީ އެތައްބައިވަރު ދިވެހިން ވަޒީފާ އަދާކުރާ ބަނދަރުތަކުގެ ވާހަކަ. މިރާއްޖޭގެ ބަނދަރުތަކުގައި ޑޭންޖަރަސް ގުޑްސް ވަތްކެއް ނުކުރޭ. ޕެޓްރޯލް ހަމެއް ބޮލަށް ލައިގެން ސިނގިރޭޓް ތުނބުޖަހައިގެންވެސް ހިނގައިދާނެ. ކޮބައިތޯ އިންސްޕެކްޓަރުން. ކޮބައިތޯ ބަލަން ޖެހޭ މީހުން." މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގެ ބަނދަރުތަކުގެ ރައްކާތެރިކަމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދު މިއަދާ ހަމަޔަށް ވެސް ހަދާފައިނުވާތީ އެޤަވާއިދު އަވަހަށް ހަދައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ކަމާބެހޭ އިދާރާތަކަށް އެންގުމަށް ފާސްކޮށްފައެވެ.

miwarun dheyha nuwanya dhen kuraane kameh neh !
Posted by Mee Abdhulla on Sunday, March 21, 2021
Maldives National Defence Force State Trading Organization Plc Center for Occupational Safety & Health - COSH
އޭނާ ބުނީ ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަން ކުރުމުގެ ޤަވާއިދުގެ ދަށުން ތެޔޮ ރައްކާކުރާ ޓޭންކްތައް ހަދަންޖެހެނީ "ފްލޭމަބަލް އެންޑް ކޮންބަސްޓިބަލް ލިކުއިޑްސް ކޯޑް" ގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ތެޔޮ ރައްކާކުރާ ތަންތަނުގައި އެކަށީގެންވާ ފަދަ އަލިފާން ނިއްވާ ނިޒާމެއް ޤާއިމުކޮށްފައި ހުންނަންޖެހޭނެ ކަމަށާއި، ނަމަވެސް މުޅި ފުނަދޫގައިވެސް ފޯމް ލައިނެއް ނެތް ކަމަށެވެ. އަދި ޓޭންކް އޭރިޔާގައި އެކަށީގެންވާ ފެން ލައިނެއް ނެތް ކަމަށާއި، ފެންލައިނެއް ހުރިނަމަ ހުރީ ދަބަރުޖަހާ ޑެމޭޖް ވެފައި ކަމަށް އޭނާ މަޢުލޫމާތު ދީފައިވެއެވެ.
ތެލުގެ ބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަން ކުރުމުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ، ތެޔޮ ރައްކާކުރާ ތަންތަނުގައި އަޅާފައިވާ ހޮޅިލައިންގައި ބޭނުންކުރާ ހޮޅި ވާންޖެހޭނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ހޮޅިއަށް ކަމަށެވެ.
ފުނަދޫގެ ސަލާމަތީ ކަންތައްތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، މާލެ ކައިރީގައި އޮތް ސަރުކާރުގެ ތެޔޮ ރައްކާކުރާ ފުނަދޫ އެތަނުން ނަގަން ޖެހޭ ކަމަށާއި، ފުނަދޫ އެއީ ނުރައްކާތެރި ތަނެއް ކަމަށެވެ.
"މިހާރު އެހުރި ފިއުލްފާރމް އެހުރީ ނުރައްކާ ދަރަޖައަކަށް ގޮސްފައި. މިހާރު ފުނަދޫގައި ހުރި ތެޔޮތާނގީތައް އެހެންތާކަށް ބަދަލުކުރަން އެބަޖެހޭ. އެތަންތާނގެ ފަޔަރ ސޭފްޓީ ސްޓޭންޑަރޑްތަކާ މިންގަނޑުތަކާ ބަލާ އޮތޯރިޓީތައް އެބަޖެހޭ އޮޕަރޭޓްވާން." މެމްބަރު ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ބަނދަރުތަކަކީ މުވައްޒަފުން ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މާޙައުލެއް ނޫންކަމަށްވެސް މެމްބަރު ބޮންޑޭ ވިދާޅުވިއެވެ.
"މި ދައްކަނީ އެތައްބައިވަރު ދިވެހިން ވަޒީފާ އަދާކުރާ ބަނދަރުތަކުގެ ވާހަކަ. މިރާއްޖޭގެ ބަނދަރުތަކުގައި ޑޭންޖަރަސް ގުޑްސް ވަތްކެއް ނުކުރޭ. ޕެޓްރޯލް ހަމެއް ބޮލަށް ލައިގެން ސިނގިރޭޓް ތުނބުޖަހައިގެންވެސް ހިނގައިދާނެ. ކޮބައިތޯ އިންސްޕެކްޓަރުން. ކޮބައިތޯ ބަލަން ޖެހޭ މީހުން." މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގެ ބަނދަރުތަކުގެ ރައްކާތެރިކަމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދު މިއަދާ ހަމަޔަށް ވެސް ހަދާފައިނުވާތީ އެޤަވާއިދު އަވަހަށް ހަދައި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން މިއަދުވަނީ ކަމާބެހޭ އިދާރާތަކަށް އެންގުމަށް ފާސްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު