އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ސަރުކާރުން ދަނީ ތިންބާރު މުށުތެރެއަށް ލައިގެންތިބެ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ، ސިވިލް ސާވިސް މުވައްޒަފުންގެ އަގު ވައްޓާލާ، އެ މުވައްޒަފުންނަށް ގޯނާކޮށް ނަފްސާނީގޮތުން ބަލިކޮށްލުމަށް މި ސަރުކާރުން ކުރަމުންގެންދާ މަަސައްކަތް ކުށްވެރިކޮށްފައެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ކުށުގެ ގޮޅިއަކަށް ފެއްތުމުގެ ގޮތުން ސިވިލް ސާވިސްގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ ސިވިލް ސާވިސް މުވައްޒަފުންގެ އަނގަ ބަންދުކޮށް، ހުރިހާ ބާރެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ މުށުތެރެއަށް ޖަމާކުރުން ކަމަށް ވެސް ޕީޕީއެމުން ވަނީ ތުހުމަތު ކޮށްފައެވެ.

ޕީޕީއެމުން ބުނީ މި ސަރުކާރު މިހާރު ދަތުރު ކުރަމުންދަނީ ޑިމޮކްރެސީގެ އަސާސްތަކާ ދުރަށް، ދުނިޔޭގެ އެންމެ ބޮޑެތި ޑިކްޓޭޓާޝިޕްތަކުން ދަތުރު ކުރަމުންދިޔަ މިސްރާބަށް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުން ސިވިލް ސާވަންޓުން މަހްރޫމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އިންތިހާއަށް ކަންބޮޑުވާކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

އަދި މިސަރުކާރު ތަމްސީލް ކުރައްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސިވިލް ސާވަންޓުންނަކީ، އެމީހުންގެ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭނެ ބައެއްކަމަށާއި، އެއީ "ފޭސްލެސް" އަދި އަޑެއް ނެތް ބައެއްކަމަށް ވިދާޅުވެފައި ވުމަކީ ދިވެހި ސިވިލް ސާވިސްގައި ހިދުމަތްކުރާ 26000 އަށް ވުރެ ގިނަ މުވައްޒަފުންގެ އަގު ވައްޓާލާ އެ މުވައްޒަފުންނަށް ނިކަމެތިކަން ގެނެސްދިން ވާހަކަތަކެއް ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގައުމީ ހިދުމަތުގައި ރެއާދުވާލު މަސައްކަތްކުރާ މުވައްޒަފުންނާއި ގައުމަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކާމެދު މެމްބަރު ސަލީމް ދައްކާފައިވާ އިހްތިރާމު ކުޑަ ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ހީލަތްތެރިކަން ރައްޔިތުންނަށް ހާމަވާ ކަމެއް ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން