ވެންޓިލޭޓަރު މައްސަލާގައި ދަޢުވާކުރެވޭނެ މީހަކު ނެތުމަކީ އަޖާއިބެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން އެބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އޭސީސީ އަށް އިއްޔެ ވަނީ އަންގަވައިފައެވެ.
އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ވެންޓިލޭޓަރ މައްސަލާގައި ޕީޖީ ޝަމީމް ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި ކުށްވެރިން ހިފަން މިހާރު ގެންގުޅޭ ދާގަނޑު ރަނގަޅުކޮށް އޭގެ ގޮޅިތައް ކުޑަކުރަންޖެހޭ ކަމަށް ޒައިދު ވިދާޅުވިއެވެ.
"ވެންޓިލޭޓަރ މައްސަލާގައި ދަޢުލަތަށް ބޮޑު ގެއްލުމެއްވީއިރު، ދެން މިހާރު އެ ޖަރީމާ ހިންގި މީހަކު ނެތީތޯ؟ އަޖާއިބު!" ޝައިޚް ޒައިދު ވިދާޅުވިއެވެ.
ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ހަވާލުކުރި ފަރާތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ނިންމި ވެންޓިލޭޓަރު ތަކުގައެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމުން ޕީޖީން ކުރިން ވެސް ވަނީ އެމައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ނިންމާފައެވެ.
ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ހެލްތު މިނިސްޓްރީން އެކިފަރާތްތަކަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ތުހުމަތު ތަކެއް ކުރެވިފައިވާއިރު އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން ގެންނަން ފައިސާ ވެސް ދައްކާފައިވާ ވެންޓިލޭޓަރު ތަކުގެ ތެރެއިން ލިބުނީ މަދު ވެންޓިލޭޓަރު ކޮޅެކެވެ. އެމައްސަލަ ފެންމަތިވުމުން ހެލްތު މިނިސްޓަރު ވަނީ އަމިއްލައަށް ޒިންމާތަކުން އެކަހެރިވެ ވަޑައިގެން ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ. މިމައްސަލައިގައި ވަޒީރު އިސްތިއުފާ ދެއްވުމާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ޒިންމާ ތަކުން އެކަހެރިކުރުން ފިޔަވައި މިހާތަނަށް އެ ކޮރަޕްޝަނާއި ގުޅޭ އެހެން މައްސަލައެއް ކުރިއަށް ދާގޮތެއް ނުވެއެވެ.

Ventilators massalaigai, dhaulathah bodu gellumeh v ru, dhen mihaaru e jareemaa hingi meehaku netheethoa?! Ajaaib! Mi massalaigai PG ves Rayyiyhunnah javaab dhaaree vaan jehey kamugai dheken!
— Ali Zaid (@alizaid1000) March 26, 2021
Kuhverin hifaa dhaagandu fine koh eyge golhi thah kuda kuran jehey!
ވެންޓިލޭޓަރުތައް ގެންނަން ހެލްތު މިނިސްޓްރީން ހަވާލުކުރި ފަރާތްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވެނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ނިންމި ވެންޓިލޭޓަރު ތަކުގައެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ޕީޖީ އަށް ފޮނުވުމުން ޕީޖީން ކުރިން ވެސް ވަނީ އެމައްސަލައިގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ނިންމާފައެވެ.
ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ހެލްތު މިނިސްޓްރީން އެކިފަރާތްތަކަށް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ތުހުމަތު ތަކެއް ކުރެވިފައިވާއިރު އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން ގެންނަން ފައިސާ ވެސް ދައްކާފައިވާ ވެންޓިލޭޓަރު ތަކުގެ ތެރެއިން ލިބުނީ މަދު ވެންޓިލޭޓަރު ކޮޅެކެވެ. އެމައްސަލަ ފެންމަތިވުމުން ހެލްތު މިނިސްޓަރު ވަނީ އަމިއްލައަށް ޒިންމާތަކުން އެކަހެރިވެ ވަޑައިގެން ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ. މިމައްސަލައިގައި ވަޒީރު އިސްތިއުފާ ދެއްވުމާއި މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ޒިންމާ ތަކުން އެކަހެރިކުރުން ފިޔަވައި މިހާތަނަށް އެ ކޮރަޕްޝަނާއި ގުޅޭ އެހެން މައްސަލައެއް ކުރިއަށް ދާގޮތެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު