އެޗްއާރުސީއެމްގެ މެމްބަރުން
އެޗްއާރުސީއެމްގެ މެމްބަރުން
14 އަހަރުގެ ކުއްޖާ ރޭޕްކުރިކަމަށް ބުނާ މައްސަލަ މޮނިޓަރ ކުރަމުން ދާކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ބުނެފިއެވެ.

އެޗްއާރުސީއެމުން ބުނީ، މެދު ރާއްޖެތެރޭ ރަށެއްގައި ހިނގި، ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ ހާދިސާއާ ގުޅިގެން ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތްކުރަމުންދާ ގޮތް ކޮމިޝަނުން ބެލުމަށްޓަކާ އެކަމާ ގުޅުންހުރި މައުލޫމާތު ހޯދާ މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިފަދަ ހާދިސާތައް ހުއްޓުވުމަށްޓަކައި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކޮށް ދައުލަތުގެ މުއައްސަސާތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. މީގެއިތުރުން ކޮމިޝަނުން ވަނީ، ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ މިފަދަ ބަދަލުތައް ވީ އެންމެ އަވަހަށް ގެނައުމަށްޓަކާ އެ ކޮމިޝަނުން ދައުލަތުގެ މުއައްސަސާތަކަށް ލަފާދީ އެކަންކަން ތަންފީޒު ވަމުންދާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދީފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެކުއްޖާ ގެސްޓް ހައުސް އަކަށް ގެންގޮސް ތިން މީހުންގެ ގުރޫޕަކުން ރޭޕްކުރުމުގައި އިސްކޮށް ހުރީ އެރަށު ސުކޫލު ޓީޗަރެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ރަށުގެ މަސްލަޙަތު ގޯސްވެފައިވާއިރު މިހާރުވަނީ އެކަމާ ގުޅިގެން އެރަށުގައި ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ފުޅި

29-Mar-2021

އޗރސމ އެބަތިބިތަ!



ޓްރެންޑިން