އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ
އިސްތިއުފާ ދެއްވާނީ އިސްތިއުފާ ދެއްވަންޖެހޭފަދަ ސަބަބެއް އޮތްކަން އަމިއްލައަށް ފެނިވަޑައިގެންނެވީމާ ކަމަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ޙަވާލުކުރުމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ނިންމަވާފައެވެ. މި މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭގޮތުން ހެލްތު މިނިސްޓްރީގެ 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި 14 އޮކްޓޯބަރ 2020 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީ އޮފީހުގައި އެދުނެވެ.

އެކަމާ ގުޅިގެން ކުރިމަތިވެފައިވާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ޝިއުނާ ވިދާޅުވީ، ވެންޓިލޭޓަރ މައްސަލާގައި އިސްތިއުފާ ދޭންޖެހޭ ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނާވާ ކަމަށެވެ. އަދި އޭނާ ހުންނެވި މަޤާމުގެ ގޮތުން އެކި ކޭސްތަކާ ގުޅިގެން އެފަދަ ފާޑުކިޔުންތައް ކުރިމަތިވާނެކަން ޤަބޫލު ކުރައްވާކަމަށާއި، ނަމަވެސް އިސްތިއުފާ ދެއްވާނީ އިސްތިއުފާ ދެއްވަންޖެހޭފަދަ ސަބަބެއް އޮތްކަން އަމިއްލައަށް ފެނިވަޑައިގެންނެވީމާ ކަމަށްވެސް ޝިއުނާ މިއަދު ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މައްސަލައެއްގައި ކަންހިނގާ ގޮތާމެދު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އޭސީސީގެ މެމްބަރުން މަޤާމުން ވަކިކުރުމަށާއި، އިތުބާރު ނެތްކަމަށް ނިންމަން މަސައްކަތް ކުރުމަކީ މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް އޮތް ހުރަހެއް ކަމަށެވެ. ނަމަވެސް ބިނާކުރަނިވި ފާޑުކިޔުންތަކަށް މަރުޙަބާ ވިދާޅުވާ ކަމަށާއި، ވެންޓިލޭޓަރ މައްސަލާގައި ޕީޖީއަށް ދުލެއް ނުދެއްވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރ މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމާފައިވަނީ އޭސީސީގެ މެމްބަރުންގެ އިތުބާރު ނުގެއްލޭ ކަމަށެވެ. އޭސީސީގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓުނަގައި އެ މެންބަރުން މަޤާމުން ވަކިކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން