ފަތުރުވެރިންނަށް ހާއްސަކޮށް ތައިލެންޑުގެ ބޯޑަރު ހުޅުވާލަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން، ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހައިފައިވާ ފަތުރުވެރިންނަށް އެގައުމަށް އެތެރެވެވޭނެކަމަށް ވެއެވެ. މިއާއެކު މިއަހަރުގެ ޖުލައި މަހުން ފެށިގެން ފަތުރުވެރިންނަށް ހާއްސަކޮށް ޕުކެޓް ސަރަހައްދު ހުޅުވާލާނެ ކަމަށްވެސް އެގައުމުން ވަނީ ހާމަކޮށްފައެވެ.

ތައިލެންޑުގެ ޕުކެޓް ސަރަހައްދު ފުރަތަމަ ހުޅުވާލުމަށް ނިންމާފައިވާއިރު، މިސަރަހައްދުގައި ކޮވިޑް ވެކްސިން ދިނުމަށްވެސް އިސްކަން ދީފައިވެއެވެ. އަދި މިސަރަހައްދުން ކޮވިޑް ކޭސް އެއް ނުފެންނަތާ 90 ދުވަސް ވެފައިވާކަަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން މިއަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ފަތުރުވެރިންނަށް ހާއްސަ އިތުރު ފަސް މަންޒިލެއް ތައިލެންޑުގައި ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ. މިއާއެކު ވެކްސިން ޖަހާފައިވާ ފަރާތްތަކުން ތައިލެންޑުގެ އެކި ފަތުރުވެރި މަންޒިލްތަކަށް ދަތުރުކުރުމުގައި ކަރަންޓީނު ވާން ނުޖެހޭނެ ކަމަށްވެސް އެގައުމުން ހާމަކޮށްފައިވެއެވެ. ނަމަވެސް މިފަދައިން ފަތުރުވެރިންނަށް ހާއްސަކޮށް ހުޅުވާލެވޭ ސަރަހައްދު ނޫން ސަރަހައްދަކަށް ދަތުރުކޮށްފިނަމަ 7 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

ތައިލެންޑަަށް ދުތުރުކުރާ ކޮންމެ މީހަކުވެސް ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެކަމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.

ތައިލެންޑުގައި ފަތުރުވެރިންނަަށް ލުއިދިނުމަށް ނިންމާފައިވާއިރު އެގައުމުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށްވެސް އެގައުމުގެ ބޮޑުވަޒީރު ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. މިގޮތުން އެކި ދުވަސް މަތިން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން