މިސަރުކާރުން މިވަގުތުވެސް 1200 މަޝްރޫޢު ކުރިއަށް ގެންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރުވެސް ޕީއެސްއައިޕީގެ ދަށުން 1،200 އަށްވުރެ ގިނަ މަޝްރޫއު ހިނގަމުން އަންނަ ކަމަށެވެ. އަދި މިއީ މީގެ ކުރިން އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެއަހަރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ މިންވަރެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، މި ސަރުކާރުން މިވަގުތު ކުރިއަށް ގެންދާ 1،200 މަޝްރޫޢަކީ ސީދާ މި ސަރުކާރުގެ މަޝްރޫއުތައް ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކުގެ އެކްސްޓެކްޝަންތަކަކާއި ފެރީޓާމިނަލް ތަކާއި ބަނދަރުތައް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތް ކަމަށާއި، އެގޮތުން 8 ރަށެއްގައި ޖަމާވެފައި ހުރި ކުނި ނަގައި ސާފުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ހަ ރަށެއްގައި ހުރި ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި މަހުގައި އެކަނިވެސް ނުވަ މަޝްރޫއެއް ނިންމާފައިވާ ކަމަށާއި، އަދި އިތުރު ހަތް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު