ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓުގައި އޮތީ ސިވިލް ސަރވިސްގެ ފަންނީ މީހުންގެ ފްލެޓް އަތުލަން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފްލެޓް ކޮމެޓީން މަސައްކަތް ކުރުމަށް އެ ކޮމެޓީއަށް ދީފައިވާ މެންޑޭޓުގައި ސިވިލް ސަރވިސް ކެޓެގަރީ ނުވަތަ ފަންނީ ބޭފުޅުންގެ ކެޓެގަރީގައި ދިރިއުޅުމުގެ ހާލަތު ބަޔާންކުރުމަށް ކަނޑައެޅިފައި ނުވާ ކަމަށާއި އެކަމަކީ ދެރަކަމެއް ކަމަށް އެކޮމެޓީންވެސް ފާހަގަކުރާ ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވިއެވެ.

އެވާހަކަފުޅުގެ ތަފްސީލް ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، މަޖިލީސް ރިޕޯޓްގައި އޮތީ ފަންނީ ފަރާތްތަކުގެ ފްލެޓް އަތުލަން ނޫން ކަމަށާއި، އެ ރިޕޯޓްގައި އޮތީ ފަންނީ ފަރާތްތަކުން ބޭނުންނަމަ އެމީހުންގެ ޢާމްދަނީ އާއި އެކަށީގެންވާ ގެދޮރުވެރިކަމުގެ ޕްރޮގްރާމަކަށް ބަދަލު ވުމުގެ ފުރުސަތު ދިނުމުގެ ވާހަކަ ކަމަށެވެ.



ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އިއްޔެ އެމަނިކުފާނު ވިދާޅުވީ، ރައީސް ޞާލިޙް އެކުލަވާލި ފްލެޓް ކޮމެޓީގެ މަސައްކަތް ފުރިހަމަކަމަށެވެ. އަދި ފްލެޓް ކޮމެޓީއަށް ހަވާލުކުރެވިފައި އޮތީ މިހާރު ހުރި ކެޓަގަރީތަކުން އެ ކެޓަގަރީތަކަށް ހައްގުވާ ފަރާތްތައް ކަނޑައެޅުމުގައި ކަންކަން ހިންގާފައިވާ ގޮތަކީ ކޮބައިތޯއާއި އަދި ރަނގަޅަށް އެކަންކަން ހިންގުމަށް އަމަލުކުރާނެ ގޮތްތަކެއް ދެނެގަތުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދިރިއުޅުމުގެ ހާލަތު ބެލުމަށް ކުރީ ސަރުކާރުގެ މަސައްކަތް ހިންގި އިރުގަ ނެތް އުސޫލެއް ކަނޑައަޅާފަ. އަދި ފްލެޓް ކޮމެޓީން ބެލިބެލުމުގަ ބައެއް ފަހަރު ބައެއް ފޯމުގަ އެ ގޮޅި ހުސްކޮށްވެސް އަދި ހާލަތަށް މާކްސްދެވި އެކިއެކި ބޭފުޅުންނަށް ފްލެޓު ހައްގުވާ ކަމަށް އެބައޮތް އިއުލާންކުރެވިފަ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ، މަޖިލީހުން އެ ރިޕޯޓުގައި ފާހަގަކުރަނީ ސިވިލް ސަރވިސް ކެޓެގަރީގައި ހިމެނޭ ބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، ދިރިއުޅުމުގެ ހާލަތަށް ބަލާ ސިވިލް ސަރވިސް ކެޓަގަރީގައި ހިމެނޭ ބޭފުޅުންނަށް ފްލެޓް ހައްގުވާ ކަމަށް އަލުން އިއުލާންކުރުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެދެނީ ސިވިލް ސަރވިސް ކެޓެގަރީތަކުގެ ފަންނީ ބޭފުޅުންނާއި ވާހަކަ ދައްކަވައިގެން ސަރުކާރުގެ އެހެން ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކަށް އެ ބޭފުޅުން ހިޖުރަކުރެވޭތޯ ބެއްލެވުން ކަމަށް ރައީސް ނަޝީދު އިއްޔެ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން