ދަމާކަނޑާ ކުންފުންޏެއް ގޮވައިގެން އާބިޓްރޭޝަނަށްގޮސް އަނެއް މިލިއަން ޑޮލަރު ދުއްވާލުމުން ހުންނާނީ ރަނގަޅުވެފައި ކަމަށް ވިދާޅުވެ ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ސަރުކާރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލްކޮށް އެތަކެތި ގަތުމަށް ދައުލަތުން ހޭދަކުރި 31 މިލިއަން ރުފިޔާ ހޯދުމަށް އެމައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމަށް ދިވެހި ސަރުކާރުން ނިންމުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން ޒަރިޔަންދު ވިދާޅުވީ، އާބިޓްރޭޝަނަށް ދިއުމަށް ހޯދާ ލޯޔަރުންނަށް އިތުރު އެއް މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.
އެހެންކަމުން ބޭރުގެ ދަމާކަނޑާ ކުންފުންޏެއް ގޮވައިގެން އާބިޓްރޭޝަނަށް ދިއުމަކީ ސަރުކާރުން ވެންޓިލޭޓަރުތަކުގެ އަސްލު ވައްކަން ނުބަލާ ބަހަނާ ދެއްކުމަށް ކުރާ ކަމެއްކަމަށް ޒަރިޔަންދު ވަނީ ތުހުމަތު ކުރަށްވާފައެވެ.
"އަސްލު ވައްކަން ނުބަލާ ބަހަނާ ދައްކައިގެން ލިބޭނީ ކޮޅުކެހި." ޒަރިޔަންދު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް އިއްޔެ ވިދާޅުވީ ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެކު ވި އެއްބަސްވުން ބާތިލް ކުރުމަށް ނިއްމައި އެމައްސަލަ އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ވެއްދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް ހުށައަޅާ އެ މައްސަލަ ހިންގާނީ ރާއްޖޭގައި ކަމަށް މަބުރޫކް ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރު މައްސަލަ އާބިޓްރޭޝަނަށް ހުށައެޅުމުގެ އިތުރުން އެތަކެތި ގަތުމުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ މައްސަލަތަށް ވަކި މީހަކަށް ބެލުމެއް ނެތި ސަރުކާރުން ތަހުގީގް ކުރަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏަށް ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. އެހެންނަމަވެސް އޭގެ ތެރެއިން ރާއްޖެއަށް ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ. މަބުރޫކް ވިދާޅުވީ ސަރުކާރުން މަސައްކަތް ކޮށްގެން ވެސް ބާކީ 65 ވެންޓިލޭޓަރު ލިބިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު