އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރަށްވެހި ފަތިހުގެ އެންމެ އުޖާލާ މޭވާ އަކީ އަންހެނުން ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސް" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންހެނުންގެ ދައުރާއެކު ހިންގުންތެރިކަން މާ ރަނގަޅަށް ކުރިއަރައިދާކަމީ ފެންނަން އޮތް ހަގީގަތް ކަމަށާއި، އަންހެނުން އިންތިހާބީ ދައުރެއް އަދާކުރުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އަދި ލާމަރުކަޒީ ގާނޫނު އިސްލާހު ކުރެވިފައި ވަނީ ކައުންސިލްތަކުގެ ގޮނޑިތަކުގެ ތިން ބައި ކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ލިބޭ ގޮތަށް ކަމަށާއި، އެހެންކަމުން ރަށްތައް ތަރައްގީ ކުރުމުގައި ރާއްޖޭގެ މުޅި އާބާދީ ޝާމިލުވެގެން ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުން ފާހަގަވާ އަންހެނުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މާ ބާރަށް ވިދައިގެންދާނެ ކަމަށާއި، އެއީ އަރާތަރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އަންހެންވެރިންނަކީ "ރަށްވެހި ފަތިހުގެ" އެންމެ އުޖާލާ މޭވާ ކަމަށެވެ.

ލާމަރުކަޒީ ނިޒާމަށް މިހާރު ގެނެސްފައިވާ ބަދަލުތަކާއެކު ރަށުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ވަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިންތިޚާބުކުރެވޭ މަޤާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިއުމަކީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރެވުމާއެކު، ޤައުމީ ފެންވަރުގައި އެކަންކަމަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވެގެންދިއުންފަދަ މުހިންމު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން