ލޭންޑިންގް ކްރާފްޓް ބަންޑުން ޖަހާލާފައި
ލޭންޑިންގް ކްރާފްޓް ބަންޑުން ޖަހާލާފައި
މާލެއިން ތ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޭންޑިންގް ކްރާފްޓެއް ބަންޑުންޖަހާލައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ބަންޑުންޖަހާލީ މާލެއިން ފުރައިގެން ތ. އަތޮޅު ކިނބިދޫއަށް ދަތުރުކުރަމުންދިޔަ "ޝަފުރާޒް" ނަމަކަށް ކިޔާ ލޭންޑިންގް ކްރާފްޓެއް ކަމަށެވެ. މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 13:13 ކަންހާއިރު ކަމަށާއި، ލޭންޑިން ކްރާފްޓް ބަންޑުންޖަހާލިއިރު ކްރާފްޓުގައި ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމީހުންނަށް ފަރުވާ ދިނުމަށްޓަކައި އެވަގުތު އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން ދޯންޏެއްގައި އެމީހުން ވަނީ ތ. ދިޔަމިގިއްޔަށް ގެންގޮސްފަ އެވެ.

ބަންޑުންޖަހާލިއިރު ލެންޑިންގް ކްރާފްޓުގައި ހުރީ ފެނަކަ ކޯޕަރޭޝަނުގެ އިމާރަތްކުރުމަށް ބޭނުންކުރާ ވެލި އަދި ހިލަ ވެއްޔެވެ. ކްރާފްޓް ބަންޑުން ޖަހާލުމާއި ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކަށް ނުރައްކާވާފަދަ އެއްޗެއް ފެންމަތީގައި ނެތްކަމަށް އެމްއެންޑީއެފުން ބުންޏެވެ.



ލޭންޑިންގް ކްރާފްޓް މިހާރު ކަފު ޖަހައިގެން ތ. ގުރައިދޫއަށް ވެއްދުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން