އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބަކާ ނުލައި އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ރީހާން އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވަނީ، ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓު ހަސަން މޫސާގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބާތިލް ކުރުމުން، އެ ގޮނޑިއަށް އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ރީހާން އިންތިހާބުވެފައިވާ ކަމަށެވެ.

ހަސަން މޫސާގެ ކެންޑިޑެސީ ބާތިލުކޮށް ސުޕްރީމްކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހަސަން މޫސާގެ ކެންޑިޑެސީ ފޯމް ކޮމިޝަނަށް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،148.28 ރުފިޔާ ދައްކަން އޮތުމުން އޭނާ އަކީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަވާ މީހެއް ނޫންކަން އެނގޭ ކަމަށެވެ.

އެހެންކަމުން ހަސަން މޫސާގެ ކެންޑިޑެންސީ ގަބޫލުނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ރަނގަޅު ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން