ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލާ ޕޮލިސް ބޯޑުގެ މެންބަރުކަމަށް އާންމުންގެ ފަރާތުން ހުންނަވާ މެމްބަރަކަށް ޝަފާ ޝަރީފް ސ. ހުޅުދޫ ދެތަނޑިމާގެ، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލާ ޕޮލިސް ބޯޑުގެ މެންބަރުކަމަށް އާންމުންގެ ތެރެއިން މެމްބަރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން ހުޅުވައިލުމުން ކުރިމަތި ލެއްވި 6 ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ޝަފާގެ ނަން އެކަންޏެވެ. ޝަފާ ފިޔަވައި އެހެން ބޭފުޅެއްގެ ނަން ފާސްވާވަރަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން ވޯޓު ލިބިފައެއް ނުވެއެވެ.

ޝަފާ ޝަރީފްގެ އިތުރުން ޕޮލިސް ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، އިބްރާހީމް ތައުފީގު މޫނިސް މއ. ރިހިވިލާގެ، އާއި މުހައްމަދު އިމްރާން ޝަރީފް މ. ތަންތަރާ އާއި އަހުމަދު އުސެއިދު ހަސަން ގދ. ހޯޑެއްދޫ ލަކީ ސްޓާ އާއި އައިޝަތު ރަޝީދު ސ. ފޭދޫ ކޮކާގެ އާއި ހައްވާ ރީނާ ހަސަން މ. ދިއްގަލި އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އޭގެ ތެރޭޭގައި ހިމެނެނީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރެކެވެ.

ޕޮލިސް ބޯޑުގެ މެންބަރުކަމަށް އާންމުންގެ ފަރާތުން އިންނަވާ އެއް މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ހާމިދު އަބްދުލްޣަފޫރުގެ ނަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން