ޑރ މުޙައްމަދު އިޔާޒް
ޑރ މުޙައްމަދު އިޔާޒް
ބޮޑު ބިދުޢަ އަކުން ދިވެހި އުއްމަތް ސަލާމަތް ކުރެއްވި ކަމަށް ޓަކައި الله އަށް ޙަމްދާ ޝުކުރު ދަންނަވާ ކަމަށް ތަފްސީރު ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދާއިރު ގައިދުރުކަމާއެކު ޖަމާއަތް ހަދަން ނިންމި ނިންމުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ނިމުމަކަށް ގެނެސްފައެވެ. އިސްލާމިކް މިނިސްޓްރީން ގައިދުރުކޮށް ނަމާދުކުރަން ނިންމުމާއި ގުޅިގެން ބައެއް ދީނީ އިލްމުވެރިން ވަނީ އެެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލުމަށް ގޮވާލާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ނިންމުން މިއަދު ބަދަލުކޮށްފައިވާތީ އެކަމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، ގައިދުރުކޮށް ފަރުޟު ނަމާދުގެ ޖަމާޢަތް ހެދުމަކީ ވުޖޫދުގައި ނެތް ޟަރޫރަތެއް ދައްކައިގެން الله ގެ ދީނުގެ ތެރެއަށް ގެނައުމަށް ބަޔަކު މީހުން މަސައްކަތްކުރި ބޮޑު ބިދުޢައެއް ކަމަށެވެ.

"ބޮޑު ބިދުޢައިން ދިވެހި އުއްމަތް ސަލާމަތް ކުރެއްވި ކަމަށް ޓަކައި الله ޙަމްދާއި ޝުކުރު ކުރަން." ޑރ. ޢިޔާޒް ވިދާޅުވެފައިވެއެވެ.



މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެގޮތަށް ނިންމީ ކޯވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ހާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާއި މަޝްވަރާކޮށް، ހާލަތަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ގައިދުރުކޮށްގެން ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން ނިންމި ނަމަވެސް އެ ނިންމުމަށް ދެކޮޅަށް ބައެއް ދީނީ ޢިލްމްވެރިން ވަކާލާތުކޮށް ނެރެމުން ދިޔަ ފަތުވާ ތަކުގެ ސަބަބުން މާލޭގެ ގިނަ މިސްކިތްތަކުގެ އިމާމުން އިސްލާމިކް މިނިސްޓްރީގެ އެންގުމަށް ތަބާވެފައި ނުވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން