ކަނޑުމަތީގައި މީގެކުރިން ހިނގި އަލިފާނުގެ ޙާދިސާއެއްގައި ކޯސްޓްގާޑުން ޙަރަކާތްތެރިވަނީ
ކަނޑުމަތީގައި މީގެކުރިން ހިނގި އަލިފާނުގެ ޙާދިސާއެއްގައި ކޯސްޓްގާޑުން ޙަރަކާތްތެރިވަނީ
އއ. ރަސްދޫން މާލެއަށް ދަތުރުކުރި ލޯންޗެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެލޯންޗްގައި ރޯވިއިރު ލޯންޗްގައި 26 މީހުން ދަތުރު ކުރަމުން ދިޔަ ކަމަށެވެ. "ނަވި 2" ނަމަކަށް ކިޔާ މި ލޯންޗުގައި ރޯވުމުން، އެ ލޯންޗުގެ ވެރިފަރާތުން ފޮނުވި "ނަވި 4" ލޯންޗުގައި ލޯންޗުގެ ހުރިހާ ފަސެންޖަރުން ރަސްދޫއަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލޯންޗްގައި ރޯވެފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 18:45 ހާއިރު ކަމަށާއި، ރޯވެފައިވަނީ ލޯންޗްގެ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނުގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ލޯންޗަށް ލިބުނު ގެއްލުމުގެ ތަފްސީލް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން