ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު (ކ)
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު (ކ)
ފެނަކައިން ގޭގެއަށް ލާފައިވާ ފެން މީޓަރަށް ކޮންމެ މަހަކަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލައިފިއެވެ.

އައްޑޫގެ ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމުމަށްފަހު އެ މަސައްކަތާއި މިއަދު ހަވާލުވުމަށްފަހު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، ފެނަކައިގެ މި ނިންމުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ނިންމެވުމެއް ކަމަށެވެ. އެގޮތުން ފެން މީޓަރަށް ނަގަމުން ދިޔަ 30 ރުފިޔާ ފެނަކައިގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މިއަދުން ފެށިގެން މައާފްވެގެންދާނެ ކަމަށް ސަޢީދު ވިދާޅުވި އެވެ.

ފެނަކައިގެ ހިދުމަތް ހޯދުމަށް މީޓަރު ގުޅާއިރު ނަގަމުންދިޔަ 30 ރުފިޔާގެ ފީ އުވާލުމަށް ފެނަކައިގެ ބޯޑުން މީގެ ކުރިން ވަނީ ނިންމާފައެވެ.

އައްޑޫގެ ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް މިއަދު ނިންމާފައިވާއިރު މިމަސައްކަތަށް 129.58 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން