ޢަލީ ޒައިދު
ޢަލީ ޒައިދު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތިމާ ލާ ވޯޓު ވިއްކާ ނުލުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލަށްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު މިރޭ ވިދާޅުވެފައިވަނީ ވޯޓު ވިއްކުމަކީ ހުއްދަވާނެ ކަމެއް ނޫން ކަމަށެވެ. އަދި ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގައި ޚާއްސަ ޝަރުތުތަކަކަށް ސަމާލުވުމަށް ޝައިޚް ޒައިދު ވަނީ އިރުޝާދު ދެއްވާފައެވެ.

އެގޮތުން ތިމާ ވޯޓުލާ ކެންޑިޑޭޓަކީ އިސްލާމްދީނަށް އިޙްތިރާމްކުރާ މީހެއްކަން ކަށަވަރު ކުރުމަށާއި، އެއީ އެންމެ ޤާބިލް ކެންޑިޑޭޓްތޯ ބެލުމުގެ އިތުރުން އެމީހަކީ ޤައުމީ ލޯބި ހުރި، ކަމަށް ކަމޭ ހިތާނެ އަމާނާތްތެރިޔެއްކަން ކަށަވަރު ކުރުމަށްވެސް ޒައިދު ވަނީ ގޮވާލަށްވާފައެވެ. މީގެ އިތުރުން ވޯޓުލާ ކެންޑިޑޭޓުގެ ތަޖުރިބާއަށް ބެލުމަށްވެސް ޒައިދު އިރުޝާދު ދެއްވާފައިވެއެވެ.



ވޯޓަކީ ޑިމޮކްރެސީގައި ގާނޫނު އަސާސީން ތިމާއަށް ލިބިދޭ ވަރަށް މަތިވެރި ހައްގެއް ކަމަށާއި އެވޯޓު ފައިސާ ކޮޅަކަށް ނޫނީ އަމިއްލަ ޒާތީ މަންފާއަކަށް ވިއްކާ ނުލުމަށް ކަމާބެހޭ މުއައްސަސާ ތަކުން ވެސް އަންނަނީ އިރުޝާދު ދީ ނަސޭހަތްތެރި ވަމުންނެވެ. ވޯޓާ ދިމާކޮށް ފައިސާއާއި ތަކެތި ބެހުމާއި ހަދިޔާ ދިނުމާއި ޒާތީ މުހުތާދުތައް ފުއްދައިދީ ވަގުތީ ފައިދާއެއް ހޯދައިދީގެން ވޯޓު ގަތުމަކީ ރާއްޖޭގައި ވެސް އާންމުކޮށް އިންތިޚާބު ތަކުގައި ހިނގަމުންދާ ކަންކަން ކަމުގާއި އިންތިޚާބު ތަކާއި ގުޅިގެން އެކި ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން ހާމަވެއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަ ކުރާއިރު މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން