ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢެއް
އދ އަތޮޅުގައި މިވަގުތު ވެސް 11 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން އަރިއަތޮޅު ދެކުނުބުރީގައި 60 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެކި މަރުޙަލާތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން މިވަގުތު ޢަމަލީ މަސައްކަތް ކުރިއަށްދާ 11 މަޝްރޫޢު ހިމެނޭ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

މިއަހަރުގެ މިހާތަނަށް އަރިއަތޮޅު ދެކުނުބުރީގައި އެއް މަޝްރޫޢެއްގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާއިރު، ހަތަރު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ. އަދި ޕްރީޓެންޑަރ މަރުޙަލާގައި 32 މަޝްރޫޢެއް އޮތްއިރު، ޓެންޑަރ މަރުޙަލާގައި މިވަގުތު 7 މަޝްރޫއެއް އެބައޮތް ކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.

އަރިއަތޮޅު ދެކުނުބުރީގެ 265 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަމުން ދާއިރު، ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން 8 ކުއްޖަކު ދަނީ ކިޔަވަމުންނެވެ. އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 891 މީހަކަށް 14.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެސްއެމްއީ ލޯނުގެ ގޮތުގައި މާލެ އަތޮޅުގެ 17 ފަރާތަކަށް 32.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.



މި ސަރުކާރުން އަންނަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަ މަޝްރޫޢު ތަކެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ހިންގުމަށް މިވަގުތުވެސް ވަނީ ޓެންޑަރ ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން