އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.

މިމަހުގެ 10 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓުގައި އެދުވަހާ ހަމައަށް ޢުމުރުން 18 އަހަރު ފުރޭ ހުރިހާ ރައްޔިތުންގެ މަޢުލޫމާތު ވަނީ ހިމަނާފައެވެ. މީގެ ކުރިން އީސީން ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތުވެސް ދީފައެވެ.

ކުރިއަށްއޮތް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. އީސީން ބުނީ މިހާތަނަށް އައިއިރު އިންތިޚާބާ ގުޅޭ 70 ވަރަކަށް ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން