ރިބެއްކާ، އޭނާގެ އެއްމާބަނޑު ދެކުދިންނާއެކު.
ރިބެއްކާ، އޭނާގެ އެއްމާބަނޑު ދެކުދިންނާއެކު.
އިނގިރޭސިވިލާތުގެ އަންހެނަކު ތިން ހަފުތާގެ ތަފާތަކުން އެއްމާބަނޑު ދެކުދިން ވިހައިފިއެވެ.

ރިބެއްކާ ރޮބާޓްސް ނަމަކަށް ކިޔާ މިއަންހެން މީހާ ވިހެއި އެއްމާބަނޑު ދެކުދިންގެ ތެރެއިން އެންމެ ފުރަތަމަ ވިހާފައިވަނީ ނޯހް ނަމަކަށް ކިޔުނު ފިރިހެން ކުއްޖާއެވެ. އަދި އަންހެން ދަރިފުޅު، ރޮސަލީ އުފަންވެފައިވަނީ ފުރަތަމަ ދަރިފުޅު އުންވިތާ ތިން ހަފުތާ ފަހުންނެވެ.

މިކަމާއި ބެހޭގޮތުން ރިބެއްކާ ބުނެފައިވަނީ އުމުރުން ދޮށިވުމާއިއެކު ދަރިއަކު ލިބޭނެކަމަށް އޮތް ކުޑަ އުއްމީދާއިއެކު ސިއްހީ ފަރުވާ ހޯދިކަމަށާއި، އަދި ނަސީބު ކަންދިމާކުރި ގޮތުން މާގިނަ ދުވަސްތަކެއްނުވެ ބަލިވެ އިންކަމުގެ އުފާވެރި ހަބަރުލިބުނު ކަމަށެވެ. ނަމަވެސް އެއްމާބަނޑު ދެކުދިން ލިބޭކަން އެނގުނީ 12 ހަފުތާގައި ކުރި ސްކޭނުން ކަމަށާއި، އޭގެ ކުރިން ކުރި ސްކޭން ތަކުން ދެއްކީ އެންމެ ކުއްޖެއް ކަމަށެވެ.

މިއީ ވަރަށް މަދުން ދިމާވާފަދަ ގޮތެއްކަމަށް ރިބެއްކާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން