މިހާރުވެސް ފ އަތޮޅުގައި 35 މަޝްރޫޢު އަދި ދ އަތޮޅުގައި 42 މަޝްރޫޢެއްގެ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ފ އަތޮޅުގައި 35 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެކި މަރުޙަލާތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން މިވަގުތު ޢަމަލީ މަސައްކަތް ކުރިއަށްދާ 6 މަޝްރޫޢު ހިމެނޭ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ. މިސަރުކާރުން ވަނީ ފާއިތުވި ދެއަހަރުގެ ތެރޭގައި ފ އަތޮޅަށް 71.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ފ. އަތޮޅުގައި 4 މަޝްރޫޢެއްގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާއިރު، 4 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ. އަދި ޕްރީޓެންޑަރ މަރުޙަލާގައި 15 މަޝްރޫޢެއް އޮތްއިރު، ޓެންޑަރ މަރުޙަލާގައި މިވަގުތު 2 މަޝްރޫއެއް އެބައޮތް ކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.
ފ އަތޮޅުގެ 195 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަމުން ދާއިރު، ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން 8 ކުއްޖަކު ދަނީ ކިޔަވަމުންނެވެ. އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 364 މީހަކަށް 5.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެސްއެމްއީ ލޯނުގެ ގޮތުގައި ފ އަތޮޅުގެ 6 ފަރާތަކަށް 5.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ދ އަތޮޅުގައި 42 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެކި މަރުޙަލާތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން މިވަގުތު ޢަމަލީ މަސައްކަތް ކުރިއަށްދާ 9 މަޝްރޫޢު ހިމެނޭ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ. މިސަރުކާރުން ވަނީ ފާއިތުވި ދެއަހަރުގެ ތެރޭގައި ދ އަތޮޅަށް 69.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ދ އަތޮޅުގައި 3 މަޝްރޫޢެއްގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާއިރު، 6 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ. އަދި ޕްރީޓެންޑަރ މަރުޙަލާގައި 15 މަޝްރޫޢެއް އޮތްއިރު، ޓެންޑަރ މަރުޙަލާގައި މިވަގުތު 2 މަޝްރޫއެއް އެބައޮތް ކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.
ދ އަތޮޅުގެ 212 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަމުން ދާއިރު، ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން 3 ކުއްޖަކު ދަނީ ކިޔަވަމުންނެވެ. އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 199 މީހަކަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެސްއެމްއީ ލޯނުގެ ގޮތުގައި ދ އަތޮޅުގެ 4 ފަރާތަކަށް 3.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި ސަރުކާރުން އަންނަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަ މަޝްރޫޢު ތަކެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ހިންގުމަށް މިވަގުތުވެސް ވަނީ ޓެންޑަރ ކޮށްފައެވެ.

ފ. އަތޮޅުގައި ސަރުކާރުން މިދިޔަ ދެ އަހަރު ކުރިއަށް ގެންދިޔަ ތަރައްޤީގެ މަޝްރޫއުތައް #LaamarukazeeRaajje pic.twitter.com/m3Uet4OrCE
— Government of Maldives (@governmentmv) April 5, 2021
ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ދ އަތޮޅުގައި 42 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެކި މަރުޙަލާތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން މިވަގުތު ޢަމަލީ މަސައްކަތް ކުރިއަށްދާ 9 މަޝްރޫޢު ހިމެނޭ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ. މިސަރުކާރުން ވަނީ ފާއިތުވި ދެއަހަރުގެ ތެރޭގައި ދ އަތޮޅަށް 69.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ދ އަތޮޅުގައި 3 މަޝްރޫޢެއްގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާއިރު، 6 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ. އަދި ޕްރީޓެންޑަރ މަރުޙަލާގައި 15 މަޝްރޫޢެއް އޮތްއިރު، ޓެންޑަރ މަރުޙަލާގައި މިވަގުތު 2 މަޝްރޫއެއް އެބައޮތް ކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.
ދ އަތޮޅުގެ 212 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަމުން ދާއިރު، ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން 3 ކުއްޖަކު ދަނީ ކިޔަވަމުންނެވެ. އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 199 މީހަކަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެސްއެމްއީ ލޯނުގެ ގޮތުގައި ދ އަތޮޅުގެ 4 ފަރާތަކަށް 3.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ދ. އަތޮޅުގައި ސަރުކާރުން މިދިޔަ ދެ އަހަރު ކުރިއަށް ގެންދިޔަ ތަރައްޤީގެ މަޝްރޫއުތައް #LaamarukazeeRaajje pic.twitter.com/NhxZWjldiU
— Government of Maldives (@governmentmv) April 5, 2021
މި ސަރުކާރުން އަންނަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަ މަޝްރޫޢު ތަކެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ހިންގުމަށް މިވަގުތުވެސް ވަނީ ޓެންޑަރ ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު