މިހާރުވެސް މީމު އަތޮޅުގެ 57 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިޔަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މީމު އަތޮޅުގައި 57 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެކި މަރުޙަލާތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން މިވަގުތު ޢަމަލީ މަސައްކަތް ކުރިއަށްދާ 6 މަޝްރޫޢު ހިމެނޭ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ. މިސަރުކާރުން ވަނީ ފާއިތުވި ދެއަހަރުގެ ތެރޭގައި މީމު އަތޮޅަށް 82.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް މީމު އަތޮޅުގައި 5 މަޝްރޫޢެއްގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާއިރު، 11 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ. އަދި ޕްރީޓެންޑަރ މަރުޙަލާގައި 25 މަޝްރޫޢެއް އޮތްއިރު، ޓެންޑަރ މަރުޙަލާގައި މިވަގުތު 4 މަޝްރޫއެއް އެބައޮތް ކަމަށް ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ.
މީމު އަތޮޅުގެ 165 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަމުން ދާއިރު، ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން 4 ކުއްޖަކު ދަނީ ކިޔަވަމުންނެވެ. އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 191 މީހަކަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެސްއެމްއީ ލޯނުގެ ގޮތުގައި މީމު އަތޮޅުގެ 16 ފަރާތަކަށް 14.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ކަރަންޓު ސަބްސިޑީގެ ގޮތުގައި މީމު އަތޮޅަށް މި ސަރުކާރުން ވަނީ 25 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ.
މީމު އަތޮޅުގައި މިސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެ ބޮޑު ދެ ޕްރޮޖެކްޓް ކަމަށްވާ މީމު އެއަރޕޯޓްގެ މަސައްކަތާއި، މުލަކު މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މި ސަރުކާރުން އަންނަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަ މަޝްރޫޢު ތަކެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ހިންގުމަށް މިވަގުތުވެސް ވަނީ ޓެންޑަރ ކޮށްފައެވެ.

މ. އަތޮޅުގައި ސަރުކާރުން މިދިޔަ ދެ އަހަރު ކުރިއަށް ގެންދިޔަ ތަރައްޤީގެ މަޝްރޫއުތައް #LaamarukazeeRaajje pic.twitter.com/QlxW5ilNKN
— Government of Maldives (@governmentmv) April 6, 2021
މީމު އަތޮޅުގައި މިސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެ ބޮޑު ދެ ޕްރޮޖެކްޓް ކަމަށްވާ މީމު އެއަރޕޯޓްގެ މަސައްކަތާއި، މުލަކު މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މި ސަރުކާރުން އަންނަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަ މަޝްރޫޢު ތަކެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ހިންގުމަށް މިވަގުތުވެސް ވަނީ ޓެންޑަރ ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު