ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު ދޭމީހާ ވޯޓު ލާން އައީ ހުއްދަ ހޯދައިގެންތޯ އީސީން ނާހާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކޮމިޝަންގެ ރަައީސް އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ ވޯޓްލާ މަރުކަޒަށް ވޯޓުލާން އަންނަ މީހާގެ ނަން ރަޖިސްޓްރީގައި އޮވެއްޖެނަމަ އެމީހަކަށް ވޯޓު ލެވޭނެ ކަމަށެވެ. އަދި އެމީހަކު ވޯޓު ލާން އައި ގޮތަކާއި، އައި ތަނެއް އިލެކްޝަންސް ކޮމިޝަނުން ނުބަލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކޮންތާކުންތޯ އައީ ހުއްދަ ހޯދައިގެންތޯ އިލެކްޝަންސް ކޮމިޝަން އަކުން ނުބަލާނެ." ޝަރީފް ވިދާޅުވިއެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ. ޝަރީފް ވަނީ ރައްކާތެރިކަމާއެކު ވޯޓު ލުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ 3934 ކެނޑިޑޭޓުންނެވެ. އޭގެތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުން ހިމެނެއެވެ.

Vote laa markazah vote laan anna meehaa ge nan voter registry ovehje nama eyna ah vote leveyne, kihinehtho, konthaakuntho aee huhdha hoadhaigen tho EC akun nubalaane, rakaatherikamaa eku vote lahvaa
— Ahmed Shareef (@ShareefRangondi) April 6, 2021
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރު ވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 273128 އެވެ. ޝަރީފް ވަނީ ރައްކާތެރިކަމާއެކު ވޯޓު ލުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ 3934 ކެނޑިޑޭޓުންނެވެ. އޭގެތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު