ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިހާރު އުޅުއްވާ އެޑްރެސް ނުހޯދުނުކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހައިކޯޓަށް އަންގައިފިއެވެ.

އަލީ ވަހީދު އުޅުއްވާ އެޑްރެސް ނޭނގޭކަމަށް ޕީޖީ ހައިކޯޓަށް އަންގާފައި މިވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިއަށްދާ މައްސަލައިގައި އަލީ ވަހީދު އުޅުއްވާ އެޑްރެހެއް ހޯދުމަށް ހައިކޯޓުން ޕީޖީއަށް އަންގާފައިވަނިކޮށެވެ. އެގޮތުން ހައިކޯޓުން އަންގާފައި އޮތީ އިއްޔެ 2:00 ގެ ކުރިން އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށްފަހު ކޯޓަށް ހުށަހަޅާށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އަލީ ވަހީދު އުޅުއްވާ ތަނެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުމުން، އަލީ ވަހީދު އުޅުއްވާ އެޑްރެހެއް ނޭނގޭކަމަށް ފުލުހުން ލިޔުމުން އަންގާފައިވާ ކަމަށާއި، އަދި އެކަން ހައި ކޯޓަށް އަންގާފައިވާކަމަށެވެ. އަދި ގާނޫނުގައި އޮންނަ ގޮތުން މީހުން އުޅޭ ތަންތަން ހޯދުމަކީ ޕީޖީން ކުރަން ޖެހޭ ކަމެއް ނޫންކަމަށާއި މީހުން ކޯޓަށް ހާޒިރު ކުރުމަކީ ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ޕީޖީން އެދިފައި ވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާށެވެ.



ކުރީގެ ޓުއަރިޒަމް މިނިސްޓަރު ރާއްޖެ ދޫކޮށް ފުރާވަޑައިގަތީ މިނިސްޓަރުކަމުގައި ހުންނެވިއިރު، މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. ރާއްޖެއިން ބޭރަށް އޭނާ ފުރައިވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮއްވާ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން