މިއަދުގެ ވޯޓުލުން ކުރިޔަށް ދަނީ
މިއަދުގެ ވޯޓުލުން ކުރިޔަށް ދަނީ
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ލާނީ ސާޅީސް އިންސައްތަ މީހުން ކަމަށް ލަފާކުރެވޭ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިޚާބުގެ ވޯޓުލުން މިހާރު ކުރިއަށް ދާއިރު ވޯޓުލާން ނިކުންނަ މީހުންގެ ޢަދަދު ނިސްބަތުން ދަށް ކަމަށް އީސީން ވަނީ ބުނެފައެވެ. އީސީން ބުނީ މިއަދު 10:43 އާ ހަމައަށް އިންތިޚާބުގައި ވޯޓުލާފައިވަނީ 44،026 މީހުން ކަމަށެވެ. އެއީ ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ 17 އިންސައްތައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ވޯޓުލާން މީހުން ނިކުންނަ ނިސްބަތަށް ބަލާއިރު ވޯޓުގެ ޖުމްލަ ޓާން އޯވަރ އުޅޭނީ 38 އާއި 40 އިންސައްތައާއި ދެމެދުގައި ކަމަށެވެ. ނަމަވެސް ފަހު ވަގުތު ވޯޓުލާން ގިނަ ބަޔަކު ނިކުމެއްޖެނަމަ މި ޢަދަދު އިތުރުވެދާނެ ކަމަށް ޝަރީފް ލަފާކުރެއްވިއެވެ.

މިއަދުގެ އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ޖުމްލަ 1912 މެންބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މެންބަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުންގެ ގޮތުގައި 178 މެންބަރުންނާއި ރަށު ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑި އަދި ދެ ޖިންސަށް ހާއްސަ 370 ގޮނޑިއަށް މެންބަރުން އިންތިހާބު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން